އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން ފުރަތަމަ ފަހަރަށް ސްރީނަގަރުގައި ޗެނާބް ކޯރުގެ އެއްފަރާތާއި އަނެއް ފަރާތް ފުރަތަމަ ފަހަރަށް ބްރިޖަކުން 73 އަހަރު ފަހުން ގުޅުވާލެވެނީއެވެ. ޗެނާބް ކޯރުގެ މަތީގައި ހަދާފައިވާ ބްރިޖަކީ ދުނިޔޭގެ އެންމެ އުހުގައި ދުނިތީރު ޑިޒައިނަށް ބިނާކޮށްފައިވާ އެފަދަ ދެވަނައެއް ނެތް ބްރިޖެކެވެ.
ދުނިޔޭގެ އެންމެ އުސް ސިންގަލް އާކް ރޭލްވޭ ބްރިޖް އޯގަސްޓް މަހުގެ 13 ވަނަ ދުވަހު އިފްތިތާހު ކުރާނެއެވެ. މިއީ 359 މީޓަރުގެ އުސްމިނުގައި ހަދާފައިވާ 1.315 މީޓަރުގެ ދިގު ބްރިޖެކެވެ.
މިއީ އައިފެލް ޓަވަރަށް ވުރެ ވެސް އުސް ބްރިޖެކެވެ. މި ބްރިޖު ވެގެންދާނީ ދުނިޔޭގެ އެންމެ އުސް ރޭލްވޭ ބްރިޖަށެވެ.
World's highest single arch railway bridge over Chenab river in Kashmir is scheduled for completion within a week. An Engineering Marvel ! #India 🇮🇳 pic.twitter.com/66RwGse5GT
— Indian Tech & Infra (@IndianTechGuide) August 5, 2022
މި ބްރިޖުގެ ކުރިން އޮތް އެންމެ އުސް ރޭލްވޭ ބްރިޖް އޮތީ ޗައިނާގެ ގުއިޒޫ ޕްރޮވިންސްގެ ބެޕަންޖިއާންގް ކޯރުގެ މަތީގައެވެ. އެއީ 275 މީޓަރު އުހުގައި ހަދާފައިވާ ބްރިޖެކެވެ. އަދި އެބުރިޖުގެ ދިގުމިނުގައި 111 ކިލޯމީޓަރު ހުރެއެވެ.
މި ބްރިޖް ހަދާފައި ވަނީ “ގަޑިއަކު 266 ކިލޯމީޓަރުގެ” ބާރުމިނުގައި ވައި ޖެހުނަސް އެއަށްވެސް ކެތް ކުރެވޭ ގޮތަށެވެ.