ވޯޓު ލާން މީހުން ފޫހިވީ ހެއްޔެވެ؟ ނޫނީ ވަކި ނިޝާނަކަށް މީހުން ފުރަގަސްދިނީ ހެއްޔެވެ؟

އެމްޑީޕީގެ އޮފު ކެނޑުނީ ހެއްޔެވެ؟ ނޫނީ ރައީސް ޑރ. މުއިއްޒު ގެ ވިދުވަރު ގަދައީ ހެއްޔެވެ؟ މޮޅުވާ މީހުން ދެކެ ގޮތާއި ބަލިވާ މީހުން ދެކޭ ގޮތް ހާސްބައި ތަފާތުވާނެއެވެ. އެކަމަކު ޖައްސަޖައްސައިގެން އިންތިޚާބުތައް ކާމިޔާބު ކުރުމުން އެނގެނީ، އިންތިޚާބެއްގެ ނަތީޖާ އިންޖިނިއަރ ކޮށްލުމުގައި ޕީއެންސީގެ ހުނަރުވެރިކަމެވެ!

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑީގެ ބައި އިލެކްޝަންގެ ނަތީޖާ ސާފުވެއްޖެއެވެ. ތިން ގޮނޑިވެސް ކާމިޔާބު ކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ތިން ކެންޑިޑޭޓުން ނެވެ.

އެ ތިން ގޮނޑިއަކީ، ހުޅުމާލޭ ދާއިރާގެ ގޮނޑި އާއި މައްޗަންގޯޅީ މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރގެ ގޮނޑިއެވެ. ތިން ގޮނޑިން ދެ ގިނޑި ކާމިޔާބު ކުރީ އަންހެން ބޭފުޅުންނެވެ.

މިކާމިޔާބީގެ އަޑީގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމުގެ އަތެއް ވޭބާވައެވެ؟ އަބްދުއްރަޙީމަކީ ހިމޭންކަމާއެކު އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ މޭސްތިރިއެއްކަން އޭނާ ވަނީ ސާބިތުކޮށް ދައްކަވާފައެވެ.

މިކާމިޔާބީއާއެކު އުފެދޭ ސުއާލަކީ، ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރުން އެވިދާޅުވާ، މާލޭގެ ގޯއްޗަށް ބޭނުންވެފައިވާ ރައްޔިތުން ކޮބައިތޯއެވެ؟ ބޯކޮށް އާއިލާތަކަށް ނަން ހުސްކޮށް ވަކިވަކި ފަރުދުންނަށް ގޯތި ދެވުނު އިރު، މާލޭގެ ވޯޓު ފޮށިތަކުން އެކަން ފެނިގެން ނުދަނީ ކީއްވެގެން ހެއްޔެވެ؟ އެހެންވީއިރު އަހަން އެންމެ އައުލާކަން ބޮޑު ސުއާލަކީ، ގޯތިތައް ދެވިގެން މިއުޅެނީ ހަމަ އޭގެ ހައްގުވެރިންނަށް ބާވައެވެ؟ ނޫނީ ރާއްޖޭގައި ދިރިނޫޅޭ ބަޔަކަށް ބާވައެވެ؟ މިއީ ރައްޔިތުންގެ ސުއާލުތަކެވެ.

މާލޭ ސިޓީ ކައުންސިލްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ފާތިމަތު ޝައުފާ ސަލީމް ކާމިޔާބު ކުރެއްވި އިރު، މައްޗަންގޮޅި މެދު ދާއިރާ ފާތިމަތު އިޝާން އަލީ އަދި ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޢަލީ އައިމަން އެވެ.

މިއަދު އެހެން ދާއިރާތަކެއްގައި ބައިއިލެކްޝަން ބާއްވާފައި ވެއެވެ. އެތަންތަނުން ވޯޓުލުމަށް ލިބިފައި ވަނީ ވަޅޯތާފަނާ ތަރުހީބެކެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާއަށާއި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑިއަށާއި ފ. ބިލެތްދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ ބައި އިލެކްޝަން މިއަދު އޮތެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް