73 ޕަސެންޓު މީހުން ވޯޓެއް ނުލާ: ގިނައިން ވޯޓުލީ އަންހެނުން

މިއަދު ބާއްވާފައިވާ ބައި އިލެކްޝަންގައި ވޯޓުލާފައި ވަނީ ވޯޓުލުމަށް ޝަރުތުހަވާ މީހުންގެ 27 ޕަސެންޓެވެ. 13 ހާސް މީހުން ޝަރުތު ފުރިހަމަވާއިރު، ގިނަ އަދަދެއްގެ މީހުން ވޯޓުލާން ބައިވެރި ނުވީ ކީއްވެގެން ހެއްޔެވެ؟

ކާފު ނޫހާ ވާހަކަ ދެއްކި ހުޅުމާލެ ދާއިރާގެ ބައެއް މީހުން ބުނީ އެމީހުންނަށް ވޯޓުލާން އޮތް ކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ.

ހަމަ އެދާއިރާއިން ވާހަކަ ދެއްކި އަންހެން ބޭފުޅަކު ވިދާޅުވީ މިއީ ބައި އިލެކްޝަނެއް ވެފައި އަނެއްކާވެސް ދޮޅު އަހަރެއްހައި ދުވަސްފަހުން އަނެއްކާ ވޯޓުލާން ޖެހޭތީ އޭނާއަށް ކަމުގެ މުހިންމުކަން އިޙުސާސް ނުކުރެވެނީ ކަމަށެވެ.

ދަފުތަރުގައި ޖައްސާފައިވާ ބައެއް މީހުން ބުނިގޮތުގައި އެމީހުން އެންމެ ފަހުން ވޯތު ލީފޮށި ނޫން ފޮށްޓަށް ވޯޓުލާން ޖެހުމުންނާއި އަދި ފަހު ވަގުތު ވޯޓުލާން އޮތް ކަމުގެ މައުލޫމާތު ލިބިގެން އެކަމާ ނޫޅެވުނީ ކަމަށެވެ.

މިއަދުގެ ވޯޓުލުމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދިން މައުލޫމާތަށް ބަލާއިރު ވޯޓުލުމުގައި ބައިވެރިވި އަންހެނުންގެ އަދަދު ފިރިހެނުންނަށް ވުރެން ގިނަކަން ފާހަގަ ވެއެވެ. އެގޮތުން އަންހެނުންގެ ނިސްބަތަކީ، 53.32 ޕަސެންޓެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް