ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު

ޚަލީފާގެ މަގާމަށް އިސްވެވަޑައިގެން ސިޔާސީ މައިދާނަށް ނުކުންނެވުމުން އެކަލޭގެފާނުގެ ޢިލްމީ ޚިދުމަތްތައް ފަނޑުވެގެން ދިޔައީއެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒަކީ އިސްލާމީ ތާރީޚުގައި ޢަދުލުވެރިކަމުގައި މިސާލު ޖެއްސެވޭ ބޭކަލެކެވެ. ޚަލީފާ ޢުމަރުގެފާނުގެ ދަރިކަލުން އާސިމްގެ ދަރިފުޅު ލައިލާއަށް މަންމަ ވިދާޅުވާ ބޭފުޅެއްގެ ތަރުބިއްޔަތުން ޚާންދާނީ އުސޫލުތައް ހިފަހައްޓާނެ ކަމާމެދަކު ޝައްކެއް ނެތެވެ. ބައްޕަ އަބްދުލް ޢަޒީޒު ބިން މަރްވާނަކީ، އުމަވީ ދައުލަތުގެ އަމީރެކެވެ. އަދި 20 އަހަރު ވަންދެން މިސްރުގެ ގަވަރުނަރެވެ. އުމަވީ ޝާހީ ޚާންދާނުގެ ތެރޭގައި ދައުލަތުގެ … Continue reading ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު