ސްރީލަންކާގެ ރިއާސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

ސްރީލަންކާގެ ރިއާސީ އިންތިޚާބަށް ކުރިލާން ހުޅުވާލައިފިއެވެ. އަންނަ މަހުގެ 15ގެ ކުރިން އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ނަންތައް ހުށަހަޅަން ޖެހެއެވެ. ރިއާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 21 ގައެވެ. ސްރީލަންކާގެ 22 މިލިއަން އާބާދީގެ 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައި ވެއެވެ.

މިއިންތިޚާބަށް އެންމެ ފުރަތަމަ ނަން ހުށަހެޅުއްވި ބޭފުޅަކީ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ. އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާވެސް ވަނީ ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެއެވެ. އުމުރުން 75 އަހަރުގެ ވިކްރަނމަސިންހަ ފުރުއްވަމުން ގެންދަވަނީ ކުރީގެ ރައީސްގެ ވެރިކަން އާންމުންގެ އުތުރިއެރުމެއްގައި ވައްޓާލުމާ ގުޅިގެން އެ ރިއާސަތުގެ މުއްދަތުގެ ބާކީ ބައެވެ.

ސްރީލަންކާގެ ބޭރުގެ ދަރަނި 83 ބިލިއަން އަރައިގެން ދިއުމުން އެގައުމަށް ދަރަނި ދައްކާނެ ގޮތެއް ނެތިގެން ބަނގްރޫޓުވެގެން ދިއުމަށްފަހު މިހާރު އިޤްތިޞާދު ދަނީ ރަނގަޅުވުމާ ދިމާއަށެވެ. ސްރީލަންކާއަށް ވަނީ ދަރަނިން ސަލާމަތް ވުމަށް 2.9 ބިލިއަންގެ ބެއިލް އައުޓު ޕްރޮގްރާމެއް ލިބިފައެވެ. ސްރީލަންކާއަށް އައިއެމްއެފްގެ ޕެކޭޖު ލިބުމުން އިޤްތިޞާދު ހިންދެމިލާނެ ކަމަށް ބެލެވެއެވެ.

ޕްރެމަދާސާ ވިދާޅުވަނީ އޭނާއަށް ރިއާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ އައިއެމްއެފްގެ ޕެކޭޖާ މެދު މަޝްވަރާކޮށް ރައްޔިތުންގެ ދިރިއުޅުމަށް ދަތި ނުވާގޮތަށް ޕެކޭޖު އަލުން ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މުހައްލިލުން ބުނާ ގޮތުގައި ސްރީލަންކާއަށް އިގްތިސާދީ ޓެސްޓްތައް ހަދައި އަޖުމަ ބެލުމަށް ވަގުތެއް ނެތެވެ.

ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ ފައިސާގެ އަގުވެއްޓުން 70 ޕަސެންޓަށް ވެށްޓެމުން ދަނިކޮށް މިދިޔަ ޖޫން މަހު 1.7 ޕަސެންޓަށް އިންފްލޭޝަން އަލުން ދަށްކޮށްދެއްވައި ފައެވެ.

ހިއްސާ ކުރައްވާ!