އޮސްޓްރޭލިޔާ ޔުނިވާސިޓީތަކުން އިނގިރޭސި ނުދަންނަ ކުދިންނަށް ސަނަދު ދެނީ

އިނގިރޭސިބަހުން ވާހަކަ ދައްކަން ނުދަންނަ ބިދޭސި ކިޔަވާކުދިންނަށް އޮސްޓްރޭލިޔާގެ ޔުނިވާސިޓީތަކުން ޑިގްރީ ދޭ މައްސަލަ ފެންމަތިވެއްޖެއެވެ. ދަ ގާޑިއަން ނޫހުން ދަރިވަރުންނާއި ޕްރޮފެސަރުންގެ ދިހައަކަށް ވުރެން ގިނަ މީހުންނާ ހަވާލާދީ ރިޕޯޓްކޮށްފައި ވަނީ، އޮސްޓްރޭލިއާގެ ޔުނިވާސިޓީތަކުން ޑިގްރީ ދީފައިވާ ބައެއް ބިދޭސިންނަކީ ވާހަކަ ދެއްކުމުގެ އިތުރުން އިނގިރޭސިން ލިޔަންވެސް ނުދަންނަ ބަޔެއް ކަމަށެވެ.

އެއް ޓިއުޓަރަކު ބުނެފައި ވަނީ، ބިދޭސީ ދަރިވަރުން ލިޔުންތައް ތައްޔާރު ކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން މަކަރު ހަދާ ކަމަށެވެ. އަދި އޮސްޓްރޭލިއާގެ ބައެއް ޔުނިވާސިޓީތަކުން މާސްޓާޒް ފުރިހަމަ ކޮށްގެން ނިކުންނަ ދަރިވަރުންނަކީ އިނގިރޭސިން އޮންނަ ޖުމުލައެއްވެސް ފަހުމު ނުވާ ބަޔެއް ކަމަށް ބުނެފައި ވެއެވެ.

މި ޔުނިވާސިޓީތަކަކީ، ބިދޭސި ދަރިވަރުން ދައްކާ ބޮޑެތި ފީތަކުން ޔުނިވާސިޓީތަކުގެ ހިންގުމަށް ބަރޯސާވާ ތަންތަނެވެ. އެހެންވެ، އެތަންތަނުން ހޮޅި އެކަޑެމިކް ސަނަދުތައް ނަގައިގެން ދަރިވަރުން ނިކުންނަނީ ކަމަށް ބުނެފައި ވެއެވެ. ގާޑިއަންގައި ނަނުން ބުނެފައި ވަނީ އެންމެ ޔުނިވާސިޓީއެއްގެ ވާހަކައެވެ، އެއީ ފްލިންޑާޒް ޔުނިވާސިޓީއެވެ.

މިކުދިންގެ ތެރޭން މިސާލަކަށް ދައްކާފައި ވަނީ ޗައިނާގެ ދަރިވަރުންގެ ބަޔެކެވެ.

ހިއްސާ ކުރައްވާ!