ޝަހީދު ހަނިއްޔާގެ ޖަނާޒާ ހުކުރު ނަމާދަށްފަހު

ޒަޔަނިސްޓުން ދިން ޓެރަރިސްޓް ހަމަލައެއްގައި ޝަހީދުކޮށްލާފައިވާ، ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ހަމާސް ޖަމާޢަތުގެ ލީޑަރު އިސްލާމޢީލް ހަނިއްޔާގެ ހަށިކޮޅު ފަސްދާނުލުމަށް، ދޯޙާއަށް ގެންގޮސްފިއެވެ.

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިސްކޮށް ހުންނަވައިގެން، މިއަދުގެ ވަގުތެއްގައި ތެހެރާނުގައި ހަމާސް ލީޑަރުގެ މައްޗަށް ޖަނާޒާގެ ނަމާދު ބާއްވާފައި ވެއެވެ. އަދި އެތައް މިލިއަން މީހުން ތެހެރާންގައި އޭނާގެ ޖަނާޒާގައި ބައިވެރިވިއެވެ.

މާދަމާ ހުކުރު ނަމާދަށް ފަހު  ޤަތަރުގެ ވެރިރަށް ދޯޙާގައި އިމާމް އަބްދުލް ވަހާބު މިސްކިތުގައި ކަށުނަމާދު ކުރުން އޮންނާނެއެވެ. އަދި އެއަށްފަހު ޝަހީދުގެ ހަށިކޮޅު ލުސައިލްގެ އިމާމް ސަހަރާގައި ފަސްދާނުލުން އޮންނާނެއެވެ.

ހިއްސާ ކުރައްވާ!