ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދު ކުޅައުމާ ގުޅިގެން ޒަޔަނިސްޓު އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމުގައި ބައިވެރިވުމުގެ ގޮތުން މިއަދު ހުކުރ ދުވަހު ޕާކިސްތާންގައި ހިތާމަ ފާޅުކުރުން އޮންނާނެއެވެ.
އެކަން ނިންމާފައި ވަނީ، ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރިޔާސަތު ގައި ގުޅިފައިވާ ޕާޓީތަކުން ބާއްވާފައިވާ މަޝްވަރާ ބައްދަލުވުމަށްފަހުއެވެ.
ޕާޓީތަކުން ގުޅިގެން އިޢުލާން ކުރިގޮތުގައި ހުކުރު ނަމާދަށްފަހު ޕާކިސްތާންގެ ހުރިހައި މިސްކިތެއްގައިވެސް ޣާއިބަށް ކަށުނަމާދު ކުރުން އޮންނާނެއެވެ.