ޒަޔަނިސްޓުންގެ ޙަމަލާތުގައި ޝަހީދުވި މީހުންގެ އަދަދު 40ހާހަށް!

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޒަޔަނިސްޓުން ޣައްޒާއަށް ދިން އަސްކަރީ ހަމަލާތަކުގައި ފަލަސްތީނުގެ 39،480 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 91،128 މީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

މިއަދު ޒަޔަނިސްޓު ސިފައިން ވަނީ، ޣައްޒާ ސިޓީގެ ޝުޖާޢިއްޔާ އަވަށުގެ ސްކޫލަކަށް ހަމަލާދީ 10 މީހުން ޝަހީދުކޮށްލާފައެވެ.

ހަމާސް ޖަމާޢަތުގެ އަލް އަގްސާ ޓީވީން ބުނީ ޣައްޒާގެ އެކި ހިސާބުތަކުގައި ޒަޔަނިސްޓު ސިފައިން ފަލަސްތީނު މުޖާހިދުންނާ ކުރިމަތިލަމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!