ޕާކިސްތާން ސަރުކާރުން ވަޓްސްއެޕް ބޭނުން ކުރުން ހުއްޓާލަނީ

ޕާކިސްތާނުން ސިޔާދަތާ އިސްތިޤްލާލް ކަށަވަރު ކުރުމުގެ ގޮތުން ސަރުކާރު މުވައްޒަފުން މެސެޖުކުރުމާއި މަޢުލޫމާތު ބަދަލުކުރުމަށް ވަޓްސްއަޕް ބޭނުން ނުކުރާ ގޮތަށް ނިންމައިފިއެވެ. ޕާކިސްތާން ސަރުކާރުން ވަނީ އަމިއްލަ ބޭނުމަށް މެސެޖިންގ އެޕެއް އުފައްދާފައެވެ.

“ބީޕް ޕާކިސްތާން”ގެ މަޤްޞަދަކީ، ސަރުކާރު މުވައްޒަފުންނާއި ސަރުކާރު އިދާރާތަކުގެ މެދުގައި ރައްކާތެރި ގޮތުގައި މަޢުލޫމާތާއި ޑޮކިއުމެންޓް ބަދަލު ކުރުމަށް ރައްކާތެރި ނިޒާމެއް ބޭނުން ކުރުމެވެ.

މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމީ ޖިހާދުގެ ލީޑަރު އީރާންގައި ޝަހީދުކޮށްލާފައި ވަނީ ޒަޔަނިސްޓުން އޭނާގެ ވަޓްސްއެޕަށް ފާރައިގެން އޭނާ ހުންނެވި ތަނެއް ބަލައިގެންނެވެ. ނަމަވެސް މިކަން އަދި ކަށަވަރު ވެފައެއް ނުވެއެވެ.

ޕާކިސްތާނު ސަރުކާރުން ބުނެފައި ވަނީ ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ބީޕް ޕާކިސްތާން ރަސްމީކޮށް ބޭނުން ކުރަން ފަށާނެ ކަމަށެވެ. ޕާކިސްތާނުގެ ޤައުމީ އުފެއްދުން ތެރިކަމުގައި އައިޓީގެ އުފެއްދުންތައް ހިމެނެނީ 2 ޕަސެންޓަށެވެ. ޕާކިސްތާނަކީ އައިޓީ ހުނަރުވެރިން ގިނަ ޢަދަދަކަށް އުފައްދާ ޤައުމެކެވެ.

ހިއްސާ ކުރައްވާ!