ޒަޔަނިސްޓުން ތައްޔާރަށް: ވަޒީރުންނަށް ސެޓެލައިޓް ފޯނުތައް ދީފި

ޒަޔަނިސްޓު ސަރުކާރުން ވަޒީރުންނަށް ސެޓެލައިޓް ފޯނުތައް މިއަދު ބަހައިފިއެވެ. ޒަޔަނިސްޓުންގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އީރާނުން ޒަޔަނިސްޓުންނަށް ވަރުގަދަ ރައްދު ހަމަލައެއް ދޭނެކަމަށް ބަލައިގެން މިހާރު ސަލާމަތީ ބާރުތައް ތިބީ ރަނގަޅަށް ތައްޔާރު ވެގެންނެވެ.

އިޒްރޭލަށް ވާގިވެރިވާ އިނގިރޭސިންގެ ފޮރިން މިނިސްޓަރު އިޒްރޭލުން ފުރިފަހުން އިނގިރޭސި ދިފާއީ ވަޒީރު ވަނީ ޒަޔަނިސްޓުންގެ ދިފާއީ ވަޒީރާ މިއަދު ބައްދަލުކޮށް ފައެވެ.

ޒަޔަނިސްޓުން ލަފާ ކުޜާ ގޮތުގައި އީރާނުން ހަމަލަ ދޭނީ ކުރޫޒަ މިސައިލާއި ބެލެސްޓިކް މިސައިލުންނާއި ޑްރޯން މެދުވެރިކޮށެވެ. އަދި އެއާއެކު އެކީގައި، ޙިޒުބުﷲއިންވެސް ރޮކެޓް ހަމަލަތައް ދޭނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

ޒަޔަނިސްޓުން ބުނެފައި ވަނީ ކޮންމެ ބިތަކުން ރޮކެޓްތައް އައިކަމުގައި ވިއަސް އެއިން ދިފާއުވުމުގެ ޤާބިލުކަން ހުރިކަމަށެވެ.

އުރުދުންގެ އިނގިރޭސި ދަރިކޮޅުގެ ޢަބްދުﷲ ރަސްގެފާނު ވަނީ އިޒްރޭލަށް މިސައިލެއް ފޮނުވާނަމަ، އުރުދުންއިން އެ މިސައިލެއް ވައްޓާލާނެކަމަށް ވިދާޅުވެ ޒަޔަނިސްޓުންނަށް ޔަޤީންކަން ދެއްވާފައެވެ.

އެމެރިކާއިން ވަނީ އިޒްރޭލާ ދިމާއަށް އިތުރު މަނަވަރުތައް ފޮނުވަން ފަށާފައެވެ.

ޒަޔަނިސްޓުން ދެކޭ ގޮތުގައި އީރާނުން ދޭ ހަމަލައަކުން ޒަޔަނިސްޓުންގެ މުވާޞަލާތީ ވިއުގައަށް ބުރޫއަރާނެއެވެ.

ހިއްސާ ކުރައްވާ!