ލައިވް ބްލޮގް: ޢައްޒާގެ ޤަތުލުޢާންމުގެ 302 ވަނަ ދުވަސް

ޒަޔަނިސްޓް ނަތަންޔާހޫ: އަހަރަމެންގެ އަތްތައް ނިކަން ދިގުވާނެ. ޔަމަނާއި ބެއިރޫތަށްވެސް ފޯރާނެ. އަދި ބޭނުން ޖެހިއްޖެ ކޮންމެ ހިސާބަކަށްވެސް ފޯރާނެ. ނަސްރު ކަށަވަރު ވަންދެން އަހަރަމެން ހުރިހައި ދިމާއެއްގައިވެސް ހަނގުރާމަ ކުރާނަން. (އަލްޖަޒީރާ)


ޒަޔަނިސްޓުންގެ ދެމީހަކު ނައްތާލައި އެކަކު ހަސްފަތާލަށް ފޮނުވާލި ހަމަލަ ދިން މީހާއަކީ މީގެ 3 ދުވަސްކުރިން ހުޅަނގު އައްސޭރިން އިޒްރޭލުގެ ޓެލްއަވީވް ސަރަހައްދަށް ވަދެގެން އުޅުނު މީހެކެވެ. އޭނާއަކީ ޢުމުރުން 35 އަހަރުގެ ޢުމަރު ރައްޒާޤ ކަމާ ޢައުދާއެވެ.


21:35

ޓެރަރިސްޓް ނަތަންޔާހޫ އޭނާގެ ތަރުޖަމާނަކަށް އައު މީހަކު ހަމަޖައްސައިފިއެވެ. އުމުރުން 37 އަހަރުގެ ޑރ. އޯމާ ޑޮސްޓްރީއަކީ ހައްދު ފަހަނައަޅާފައިވާ ކަނާތު ވިސްނުމުގެ މީހެކެވެ. އޭނާއަކީ އެމެރިކާއާ ދެކޮޅަށާއި ނަތަންޔާހުއާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނަށް  ފާޑުކިޔާ މީހެކެވެ.


21:27

ހިފާފައިވާ ގައްޒާގެ ސަރަހައްދުގައި އާބާދުކޮށްފައިވާ ޒަޔަނިސްޓުންގެ ބަސްތީއެއްގެ ބަޔަކަށް ވަލު ކުއްތާތައް ދެކެ ބިރުން ގޭގައި ބަންދެވެގެންފިއެވެ. ކިބުޓްޒް ޒިއްކިމް ބަސްތީގެ ޒަޔަނިސްޓުން ބުނީ ޣައްޒާއިން އައިސްފައިވާ ބަނޑަށް ޖެހިފައިވާ ކުއްތާއިން ބަސްތީއަށް ވަދެ ޒަޔަނިސްޓުންނާ ދިމާއަށް ވައްވައް ޖަހަމުން ދިއުމުގެ ސަބަބުން މީހުން ބިރުން ގެއިން ނުނިކުމެ ބަންދުވެފައި ތިބި ކަމަށެވެ. (ޖެރުސަލަމް ޕޯސްޓް)

21:19

ވޯލްސްޓްރީޓް ޖާނަލް: އިޒްރޭލު ސިފައިން ޑިޕްރެޝަނެއްގައި. ހަނގުރާމަ ދިގުލައިގެން ދާނެކަމަކަށް ހިއެއް ނުކުރޭ!

އިސްލާމީ ޙަމާސްއާ (ޒަޔަނިސްޓު ޓެރަރިސްޓް) ސިފައިން ހަމަލަތައް ބަދަލު ކުރަމުންދާތާ 10 މަސްވީއިރުވެސް އެމީހުން ބަލިކޮށެއް ނުލެވުނެވެ. 1967ގައި އިޒްރޭލުން ހަ ދުވަސް ތެރޭގައި ހަތަރު އަރަބި ޤައުމެއްގެ ލަޝްކަރު ބަލިކޮށްލިއެވެ. އަދި ހަ އަހަރު ފަހުން، 1973ގައި މިސްރު ދިން ހަމަލަ ގިއްގަޅުވާލަން އެމެރިކާއާއެކު އިޒްރޭލަށް 3 ހަފްތާ ނެގިއެވެ.

މިހާރު ޒަމާން ބަދަލުވެއްޖެއެވެ. ހަނގުރާމަ ވެރިން ވަނީ މޮޅަށް ތަމްރީނު ވެފައެވެ. އެމީހުންގެ އަތުގައި ޑްރޯނާއި ރޮކެޓް އެބަހުއްޓެވެ. އިޒްރޭލުގެ ބިންތައް ހިފައިގެން އެމީހުން ބާރު ދައްކައެވެ. ބިމު އަޑީގައި އެމީހުން ބންގަރާސް ހަދާފައި ވެއެވެ. ޙިޒުބުﷲ އަތުގައި އެކަނިވެސް ދިހަ ހާހަށްވުރެން ގިނަ ހަނގުރާމަވެރިން ގެ ފައުޖެއް އޮތް ކަމަށް ވެއެވެ.

21:00

މިއަދު އިޒްރޭލުގެ މެދުތެރޭގެ ހިސާބުތަކުގައި މީހުން ޖީޕީއެސްގައި ދައްކަނީ އެމީހުން ލުބުނާންގެ ބެއިރޫތުގައި ތިބިކަމަށެވެ. އެމައްސަލަ އާންމުން ފާހަގަ ކުރުމުން ޒަޔަނިސްޓު ސިފައިން ބުނެފައި ވަނީ އެއީ އީރާނުން ހަމަލައެއް ދީފާނެ ގަސްތުގައި ޖީޕީއެސްއަށް އޮޅުވާލާފައި ބާއްވަނީ ކަމަށެވެ.


އިޒްރޭލުގެ ސެލިއުލާ ނެޓްވާކުތަކުން ބުނަނީ އީރާނުން ޙަމަލައެއް ދީފިނަމަ އިޒްރޭލުގެ ނެޓްވާކުތައް ބެޓެރިން މަސައްކަތް ކުރާނީ ދެގަޑިއިރަށެވެ. އަދި އެތަންތަނަށް ބޮޑުކޮށް ހަމަލައެއް ދީފިނަމަ، އެތަންތަން މަރާމާރު ކުރަން އެތައް ދުހަވެއް ނެގުމަކީ އެކަށީގެންވާ  ކަމަށެވެ.


އިޒްރޭލުން ބުނަނީ ޙިޒްބުﷲ އިން އިޒްރޭލުގެ ކަރަންޓު ވިއުގައަށް ޙަމަލަ ދޭނެކަމަށް ލަފާ ކުރާ ކަމަށެވެ. އިޒްރޭލުގެ ކަރަންޓު އުފައްދަނީ އައްސޭރިފަށުގެ ތިން ތަނަކުން  އުފައްދާ ގޭސް ބޭނުން ކޮށްގެންނެވެ. ޙިޒްބުﷲއިން އެތަންތަނަށް ޙަމަލަ ދޭނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ކަރަންޓުގެ މައި ވިއުގަތަކަށް ޙަމަލަ ދީފިނަމަ، އެތަންތަން މަރާމާތު ކުރަން އެތައް ދުވަހެއް ނަގާނެ ކަމަށްވެސް ބުނެފައި ވެއެވެ.


20:45

ދިހަ މަސްދުވަހުގެ ޤަތުލުޢާންމުގައި ޒަޔަނިސްޓު ސިފައިންގެ ތެރޭން ފަލަސްޠީނުގެ މުޖާހިދުންގެ ޙަމަލަތަކުން މަރުވި މީހުންނާ ނުކުޅައްދާފައިވާ މީހުންގެ އަދަދު 10 ހާހަށް އަރައިފިއެވެ. އަދި ކޮންމެ މަހަކުވެސް ޒަަޔނިސްޓު ނިޒާމުގެ ދިފާއީ ވުޒާރާގެ ނުކުޅެދޭ މީހުންގެ ލިސްޓުގައި ހާހެއްހައި މީހުން ދަފްތަރު ވަމުން އާދެއެވެ.


20:39

“ކަލޭމެނާ ކާރިސާއެއް ލައިގަންނަ ހިނދު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލައިގެން ކަލޭމެން އުފާ ފާޅު ކުރި ހަނދާނަށް ހިތަށް ގެންނާތި” ހާރޓްސް ނޫހުގައި އިޒްރޭލުގެ މުހައްލިލު ގޭޑޯން ލީވީ

ލީވީ ބުނެފައި ވަނީ 10 މަސްދުވަހުގެ ހަމަލާތަކުގައި އިޒްރޭލު މީހުން އެހާ އުފާވީ ދުވަހެއް ނުފެންނަ ކަމަށެވެ. ލީވީގެ މަޒްމޫނުގައި ބުނެފައި ވަނީ “ޝުކުރިއްޔާ މޮސާޑް! އިޒްރޭލަށް އެންމެ ރަނގަޅު ވަގުތުތަކަކީ މާފިޔާ ބައެއް ހެން މީހުން ނައްތާ ވަގުތުތަކެވެ. އަދި އިޒްރޭލު މީހުން އެންމެ އުފާވާ ވަގުތުތަކަކީ ދުނިޔޭގެ މީހުން އިޒްރޭލު މީހުން ދެކެ ފޫހިވާ ވަގުތުތަކެވެ.”

20:34

އީރާނުން ހޯމަ ދުވަހު ހަމަލަ ދޭން ފަށާނެ ކަމަށް އެމެރިކާ ދެކެއެވެ. އެމެރިކާގެ މަސްއޫލުވެރިން ބުނަނީ ޒަޔަނިސްޓު ގައުމުގެ ދިފާއުގައި އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޙިޒްބުﷲއާއި އީރާނުން ހަމަލަ ދޭނެ ގޮތް ވިލަރެސް ކުރަމުންދާ ކަމަށާއި އީރާނުގެ ހަމަލަތައް ހަރުކަށި ވާނެ ކަމަށް ލަފާ  ކުރެވޭ ކަމަށެވެ. އަދި ޙިޒްބުﷲއިން މިވީތަނަށް އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލަ ދިނަށް މިފަހަރު ފުނަށް އަދި އަސްކަރީ މަރުކަޒު ނޫންތަންތަނަށްވެސް ހަމަލަ ދީފާނެކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ. އެކްސިއޮސް އޮންލައިން


20:32

އުރުދުންގެ ޚާރިޖީ ވަޒީރު 3 ސިޓީއަކާއެކު ތެހެރާންގައި

އީރާނުން ބުނަނީ އެއްވެސް ފަރާތަކުން އީރާނުން ޒަޔަނިސްޓުންނަށް ހަމަލަ ދިނުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމަށް ކުރާ އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެއެވެ. އީރާނަށް ވިސްނައި ދިނުމަށް، އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން އަލްސަފަދީ ތެހެރާނަށް ވަޑައިގެންފިއެވެ. އޭނާ ވަނީ އީރާންގެ ލީޑަރުންނަށް އުރުދުންގެ ރަސްގެފާނާއި އެމެރިކާއާއި އިސްރާއީލުގެ ލީޑަރުންގެ ފަރާތުން ހަވާލު ކުރެއްވުމަށް 3 ސިޓީއެއް ގެންދަވާފައެވެ. އީރާނުން ބުނެފައި ވަނީ އީރާނުންވެސް 3 ފަރާތަށް ހަވާލު ކުރުމަށް 3 ސިޓީ ރައްދު ކުރާނެ ކަމަށެވެ.

އައްސަފަދީގެ މި ދަތުރުފުޅަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިން ކަމަށްވާ ފްރާންސް، އިނގިރޭސިވިލާތް، އިޓަލީ، އަދި މިސްރު ފަދަ ގައުމުތަކުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް ޑިޕްލޮމެޓިކް މަސައްކަތް ކުރަމުންދާ ދަނޑިވަޅަކާ ދިމާވާ ދަތުރުފުޅެކެވެ.

އައްސަފަދީ ކުރިން  މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އުރުދުންއިން އިސްކަމެއް ދޭނީ އުރުދުން ހިމާޔަތްކުރުމާއި އުރުދުންގެ ރައްޔިތުންގެ ސަލާމަތަށް ކަމަށެވެ. އަދި ހަނގުރާމައިގެ ބޭނުމަށް އުރުދުންގެ ވައިގެ ސަރަހައްދު ދޫކޮށް ނުލާނެ ކަމަށެވެ.


20:09

މިސްރާއި ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ބިމު އަޑީގެ މަގުތަކެއް ހޯދައިފިކަމަށް ޒަޔަނިސްޓު ސިފައިން ބުނެފިއެވެ. މި މަގުތަކުގެ އުސްމިނުގައި 10 ފޫޓު ހުރިކަމަށް ބުނެއެވެ. މިތަންތަން ހަލާކު ކޮށްލުމަށް އިންޖިނޭރުން ދިރާސާ ކުރަމުން ދާކަމަށް ޒަޔަނިސްޓުން ބުނެއެވެ.

ޤައްސާމްގެ މުޖާހުދުން ބުނެފައި ވަނީ ރަފަޙަ ސިޓީ ގެ ދެކުނުގައި ޓަނަލެއްގެ އަނގަމަތީގައި ގޮވާތަލެތި އޚޅައިގެން ގޮއްވާލާފައިވާ ކަމަށާއި އެތާގައި ބައެއް ޒަޔަނިސްޓު ސިފައިން ތާށިވި ކަމަށެވެ. އެ ހަމަލަ ދީފައި ވަނީ ހުކުރު ދުވަހު ކަމަށް ޤައްސާމް ބުނެއެވެ.


20:06

ޣައްޒާގެ ޚާން ޔޫނިސްގެ ސެކުނު ހިސާބުތަކުން ފަލަސްތީނު މީހުން ބޭރުވުމަށް ޒަޔަނިސްޓު ސިފައިން އިންޒާރުކޮށްފިއެވެ. ޣައްޒާއިން ފަލަސްތީނު މީޙުން ފައްސަމުން ދިއުމުގެ ސަބަބުން އެ ސިޓީގެ 85 ޕަސެންޓް މީހުން ވަނީ ރައްކާތެރި ކަމަށް ބެލެވޭ ހަސްފަތާލުތަކާއި ސްކޫލުތަކުގައި އާއި އެތަންތާގެ ގޯތި ތެރޭގައި ޖިފުޓި ޖަހައިގެން ދިރިއުޅެން ފަށާފައެވެ.


ފަލަސްތީިނުގައި ޤަތުލުއާންމާއި ނަސްލު ދާފުކުރުމަށް ހިތްވަރުދިން އެމެރިކާ އިން ބުނަނީ މެދުއިރުމައްޗަށް މަނަވަރުތައް ފޮނުވަނީ ހަނގުރާމައެއް ފެށްޓިޔަ ނުދިނުމުގެ ގޮތުން ކަމަށެވެ. އެމެރކިކާގެ ކޮންގްރެސްގައި ހަނގުރާމައިގެ މުޖުރިމު ނަތަންޔާހޫ ވާހަކަ ދެއްކި އިރު އެމެރިކާގެ ގާނޫނު ހަދާ  މަޖިލީހުގެ މެމްބަރުން ވަނީ ލަދު ކުޑަ ގޮތަކަށް ކޮށްޅަށް ތެދުވެ އޭނާއަށް އަދަދު އިހުތިރާމު އަދާކޮށްފައެވެ.


19:57

އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ޒަޔަނިސްޓުން ވަނީ ދެ ސްކޫލަކަށް ބޮން އަޅާފަ. އެއީ އައްނަސްރު ސްކޫލާއި ހަސަން ސަލާމާ ސްކޫލެވެ. މި ޤަތުލުއާންމުތަކުގައި 25 މީހުން ޝަޖހހީދުކޮށްފައި ވެއެވެ. ފަލަސްތީނު ރެޑް ކްރެސެންޓުން ބަުނަނީ އެތައް ބަޔަކު އިމާރާތުގެ ދަށުވެފައިވާ ކަމަށެވެ. އަނިޔާވި ގިނަ ބަޔަކީ ކުޑަ ކުދިންނެވެ.


19:55

ސައޫދީ ރައްޔިތުން ވަގުތުން ލުބުނާނުން ފޭބުމަށް ސައުދީ ސަރުކާރުން އަންގައިފި | އަދި ލަސްކޮށްގެން ނުވާނެ  ކަމަށްވެސް ރައްޔިތުންނަށް ވަނީ އަންގާފަ.


16:42

ރައީސް ޖޯ ބައިޑަންގެ ވެރިކަމުގެ އިސް އޮފިޝަލަކު އިޒްރޭލުގެ ދުވަހު ނޫސް ހަރެޓްޒް އަށް ވިދާޅުވެފައި ވަނީ ނަތަންޔާހޫ އެމެރިކާއާ މެދު ޝުކުރުވެރި ނުވާ ކަމަށާއި ފާއިތުވި 10 މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އިޒްރޭއީލަށް ފޯރުކޮށްދިން އެހީތައް ހަނދާން ނައްތާލާފައިވާ ކަމަށެވެ.

“ބައިޑަންއަށް ވިސްނިވަޑައިގަތީ ނަތަންޔާހޫ އޭނާއަށް ޔަހޫދީ އަސީރުންނާމެދު ދޮގު ހަދަމުން ދިޔަކަން،” މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން ބައިޑެން ނަތަންޔާހޫއަށް ވިދާޅުވީ ބޭކާރު ވާހަކަ ނުދެއްކުމަށެވެ. އަދި ދެ މަސްއޫލުވެރިންގެ ދެމެދު ވާހަކަ ދިޔައީ، ވަރަށް ހޫނުކޮށް، ޒުވާބެއްގެ ގޮތުގައެވެ.


15:15 ޓެލްއަވީވް ކައިރީގައި އޮންނަ ހޮލޯންގައި ފަލަސްތީނު މީހާ ވަޅިހަރައިގެން މަރާލީ ދެމީހުންނެވެ. އަދި އިތުރު އެކަކު ޒަޚަމް ކޮށްލިއެވެ. ޒަޔަނިސްޓް ފުލުހުން ވަނީ ފަލަސްޠީނު މީހާ މަރާލާފައެވެ.


 

ޒަޔަނިސްޓް އަންހެނެއްގެ ގަޔަށް އިޒްރޭލުގެ ހޯލޯން ކިޔާ އަވަށެއްގައި ވަޅިޖަހައި ހަމަލަ ދީފިއެވެ. އެމީހާ ވަޅި ޖަހާފައި ވަނީ ހުޅަނގު އައްސޭރީގައި ޒަޔަނިސްޓުން ފަލަސްތީނު މީހުންނަށް އަނިޔާކޮށް ހެދުމުންނެވެ. ޒަޔަނިސްޓު ސިފައިން ވަނީ ފަލަސްޠީނު މީހާގެ ގަޔަށް ބަޑި ޖަހައި މަރާލާފައެވެ.


10:58

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ މެމްބަރުން ކޮއްޅަށް ތެދުވެ ކުރުނީސް ކުރި ޒަޔަނިސްޓު ހަނގުރާމައިގެ މުޖުރިމު ވަނީ ޣައްޒާގެ ހަ ލައްކަ 25 ހާސް ދަރިވަރުން ތަޢުލީމުން މަޙުރޫމް ކޮށްފައި ވެއެވެ. ޒަޔަނިސްޓު ސިފައިން ވަނީ 9،211 ދަރިވަރުންނާއި 397 އެޑިއުކޭޝަނަލް ސްޓާފުން މަރާލާފައެވެ. 7 އޮކްޓޯބަރުން ފެށިގެން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގައި ޣައްޒާގައި 14،237 އަށް ވުރެ ގިނަ ދަރިވަރުންނާއި 2،246 ޓީޗަރުން ޒަޚަމްވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.


ފަލަސްޠީނުގެ އަސީރުންނަށް ޒަޔަނިސްޓުން ޖަލުތަކުގައި އަނިޔާ ކުރަމުންދާތީ އެކަމާ ގުޅިގެން ހުލަނގު އައްސޭރީގައި މުޒާހަރާ ކުރަނީ


ގަދަކަމުން ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޒަޔަނިސްޓުންގެ ބަޔަކު ފަލަސްޠީނުގެ ރައްޔިތަކަށް ހަމަލަ ދިނުމާ ގުޅިގެން ޒަޔަނިސްޓު ސިފައިން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ. ޒަޔަނިސްޓު ސިފައިން ވަނީ ހުޅަނގު އައްސޭރީގެ އެހެން ބައެއް ތަންތަނަށް ވެސް ރޭ ހަމަލަ ދީފައެވެ. އޭގެ ތެރޭގައި ޤަލްޤީލިއްޔާއާއި ޤުސްގެ ޙައްޔުއްސިލްވާން އާއި ޗުޢުފާތު ރެފިއުޖީ ކެމްޕް ހިމެނެއެވެ.


10:28

ދެކުނު ޣައްޒާގައި ޒަޔަނިސްޓު ސިފައިންގެ މީހަކަށް ދިން ހަމަލާގައި ފަލަސްތީނުގެ މުޖާހިދުން އެ ސޮރު ނުކުޅައްދައިފިއެވެ. ޓައިމްސް އޮފް އިޒްރޭލުން ބުނާގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގައި ޤަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގަން އުޅުމުގެ ތެރޭގައި މަދުވެގެން 329 ޒަޔަނިސްޓު ސިފައިން މަރުވެފައިވެއެވެ.


10:20

އިޒްރޭލަށް ޤަތުލުއާންމު ހިންގުމަށް ވާގިވެރިވެ ހަތިޔާރުދީ، ނަތަންޔާހޫއަށް ކުރުނީސް ކުރާ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން އާއި ފްރާންސްގެ ފޮރިން މިނިސްޓަރު ސްޓެފަން ސެޖޯން އީރާނުގެ ބަދަލު ހިފުމަށް ބިރުން މެދުއިރުމަތީގެ މަސްރަޙު ފިނިކުރުމަށް މަސައްކަތް ފައްޓައި ޣައްޒާގެ ހަނގުރާމަ ހުއްޓުމަށް ގޮވާލައްވަން ފަށައިފިއެވެ.


10:15

ފިޒިޝަންސް ފޯ ހިއުމަން ރައިޓްސް (ޕީއެޗްއާރު) އިން ބުނީ ޒަޔަނިސްޓުން ޣައްޒާގައި ހިންގާފައިވާ ޤަތުލުއާންމުތަކަކީ މިއަދާހަމަށް އެއްވެސް ހަނގުރާމައެއްގައި އެންމެ ގިނައިން ހަސްފަތާލުތައް ހަލާކުކޮށްލައި ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިންނަށް އެންމެ ގިނައިން ހަމަލާ ދީ މަރާލި ހަމަނުޖެހުމެވެ. 10 މަސް ދުވަސް ތެރޭގައި ޑޮކްޓަރުންނާއި ބަލިމީހުންނާއި ކްލިނިކްތަކާއި ޞިއްޙީ އިންފްރާސްޓްރަކްޗަރަށް ދިން 1000 އަށް ވުރެ ގިނަ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ހާލަތު ކާރިސާއަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައި ވެއެވެ. ނިއުޔޯކުގައި ހުންނަ މި ޖަމުއިއްޔާއިން ވަނީ ޒަޔަނިސްޓުންގެ މި އަމަލުތަކަކީ، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށް ބުނެ ޒަޔަނިސްޓު ނިޒާމަށް އިންޒާރު ދީފައެވެ.


7:07

އިޒްރޭލު ސިފައިން ވަނީ ފަލަސްޠީނުގެ ދޭރުލް ބަލަޙަ އަވަށުގެ ޝުހަދާއުލްއަޤްޞާ ހަސްފަތާލުގައި ރެފިއުޖީން ބޯހިޔާވަހިކަން ހޯދާފައިވާ ފޭލިގެތަކަށް ބޮން އަޅާފައެވެ. މިޤަތުލުއާންމުގައި 3 މީހުން މަރުވެ 18 މީހުންނަށް ހާނިއްކަވެފައި ވެއެވެ.


7:05

ޙިޒުބުﷲ އިން އިޒްރޭލުގެ ހިފާފައިވާ އުތުރު ސަރަހައްދަށް 50 ރޮކެޓްގެ ޙަމަލަތަކެއް ދިފިއެވެ. މި ހަމަލާތަކަކީ ޒަޔަނިސްޓް ދުޝްމަނުން ދާދި ފަހުން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ޚާއްސަކޮށް ކަފަރްކަލާ އާއި ދޭރް ސަރާޔާއަށް ދިން ހަމަލާތަކަށް ރައްދު ދިނުމަށް ދީފައިވާ ޙަމަލާތަކެކެވެ.

އިޒްރޭލު މީޑިއާއިން ބުނާ ގޮތުގައި 15 އަވަށެއްގައި ރައްކާތެރި ސަރަހައްދަށް މީހުން ދިއުމަށް ސައިރަން އަޅާފައިވެއެވެ.


6:57

ޒަޔަނިސްޓް ބޮޑު ވަޒީރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާގައި


ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި އެމެރިކާއަށް ގޮވާލާފައި ވަނީ އެމެރިކާއިން އިޒްރޭލުގެ ސިޔާސަތާ ނުބެހުމަށް. އެ ބަޔާން ނެރެފައި ވަނީ އަސީރުން މިނިވަން ކުރުމަށް އިޒްރޭލަށް އެމެރިކާއިން ގޮވާލުމާ ގުޅިގެން.


6:24 މި ގަޑީގައި އަދާހަމަކުރުން:

އިޒްރޭލުން ވަނީ ޣައްޒާ ސިޓީގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ހިޔާވަހިކަން ދީފައިވާ ސްކޫލަކަށް ބޮމުގެ ހަމަލަ ދީ ޤަތުލުއާންމެއް ހިންގާފައެވެ. ޝަހީދުކޮށްފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. 17 މީހުން ޝަހީދު ކޮށްފައިވާ ކަމަށް އެހީދޭ ފަރާތްތަކުން ބުނެއެވެ. ސިއްޙީ އެހީތެރިން ބުނިގޮތުގައި ހުރިހައި ދިމާއަކުންވެސް ފެންނަނީ ހަށިގަނޑުގެ ގުނަވަންތައް އެތައްމިތަނަށް ބުރައިގެން ގޮސްފައިވާ ތަނެވެ.


ހިފާފައިވާ ހުޅަނގު އައްސޭރީގެ ޠޫލްކަރަމް ކައިރީގައި އިޒްރާއީލުން ދިން ހަމަލާތަކުގައި ޙަމާސް އާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ދެ ކޮމާންޑަރުންނާއެކު 9 މީހަކު ޝަހީދުކޮށްލައިފައި ވެއެވެ.


އިޒްރޭލުގައި އަސީރުންގެ ތާއީދުގައި ނުކުތް މީހުން ވަނީ ސަރުކާރަށް ފާޑުކިޔައި އަވަސް އިންތިޚާބެއް ބޭވުމަށާއި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. މިސްރަށް ދިޔަ އިޒްރޭލު ވަފްދު ވަނީ އެމީހުން މަޝްވަރާ  ކުރަން ދިޔަ މަސައްކަތުގައި ކުރިއެރުމެއް ނުލިބި އަނބުރައި އިޒްރޭލަށް ގޮސްފައެވެ.


ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރެއްވި ލީޑަރު އިސްމާޢީލް ހަނިއްޔާ ޝަހީދު ކުރުމާ ގުޅިގެން، ޖަކާޓާ، ލަންޑަން އަދި ރަވަލްޕިންޑީ ފަދަ ސިޓީތަކުގައި މުޒާހަރާ ބާއްވާފައި ވެއެވެ.

 

ހިއްސާ ކުރައްވާ!