އިމޭޖް: ސޯޝަލް މީޑިއާ
އިމޭޖް: ސޯޝަލް މީޑިއާ

ހަސީނާގެ ސަރުކާރު ވައްޓާލައފި

ޝެއިޙު ހަސީނާގެ ސަރުކާރު ވައްޓާލެވުނު ކަމުގެ އުފަލުގައި އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާގެ ދަރިފުޅު ޠާރިޤް ރަޙުމާން ތަހުނިޔާ ވިދާޅިުވެއްޖެއެވެ. ޠާރިޤް ރަޙުމާން އުޅުއްވަނީ ސިޔާސީ ޙިމާޔަތުގައެވެ. އޭނާގެ މަންމަވަނީ ގޭ ބަންދުގައި ބަހައްޓާފައެވެ.


ފުޑް މިސްޓަރުގެ ގޭގައިވެސް ރޯކޮށްލައިފި

20:26

ހަވީރު ގަޑީގައި ޝޭރްޕޫރު ޖަލު ފަޅާލައިގެން ވަދެ ތަންތާނގައި ހުޅުޖަހައި ހެދުމުން 500 ގައިދީން ވަނީ ޖަލުން ފިލާފަ

ހަސީނާގެ އަވާމީ ލީގްގެ އެމްޕީންގެ ގެތަކުގައި ވެސް ހުޅުޖަހަމުންދާ ކަމަށް ޑާކާގެ ނޫސްތަކުން ބުނޭ


19:40

ބަނގްލަދޭޝްގެ އަމިއްލަ ޓީވީ ޗެނަލް އޭޓިއެންގެ އޮފީސް ހުޅުޖަހައި، އެތަނުގެ ހުރިހައި ސާމާނުތައް ލޫޓުވާލައިފި


18:58

“އަހަރެންގެ މަންމަ ދެނެއް ޕޮލިޓިކްސްގައި ނޫޅޭނެ” ބީބީސީއާ ވާހަކަ ދައްކަމުން ހަސީނާގެ ދަރިފުޅު ސަޖީބް ވާޖިދު ޖޯއި

ހަސީނާ ސިޔާސީ މައިދާނުން ދުރަށް ޖެހުނީ ކަމަށް އޭނާގެ ދަރިފުޅު ބުނެފި.


ހަސީނާގެ ސަރުކާރުން ސަރުކާރުގެ ވަޒީފާތަކަށް މީހުން ނެގުމަށް ކޯޓާ ބެހިގޮތް. ބާރު ދައްކަން ހަދައިގެން އޭނާގެ ވެރިކަން ވެރިކަން ވެއްޓުނު ސަބަބު.

18:32

އާންމުން ދަނީ ފުލުހުންގެ މަރުކަޒުތަކުގައި ހުޅުޖަހަމުން. އާމީ ޗީފް ވަނީ ތަންތަން ހުޅުޖެހުމާއި ހަލާކުކޮށް ލުމުން އެއްކިބާވެ ހަމަޖެހިގެން ތިބުމަށް. ކުރިން އޭނާ ވިދާޅުވެފައި ވަނީ ބޭރަށް ނިކުމެ އުޅުން މަނާ ނުކުރައްވާނެ ކަމަށް.


ޑާކާގައި ހުރި ބަނގްލަދޭޝްގެ ބާނީ މުޖީބުއްރަޙުމާނުގެ ބުރެއް ކޯރާޑީން ތަލައި އާންމުން ވަނީ ބިމާ ހަމަކޮށްލާފަަ.

18:19

ވަޤުތީ ސަރުކާރެއް އެކުލަވާލުމާ ގުޅޭ ގޮތުން، ބަނގްލަދޭޝްގެ ރައީސްގެ އިރުޝާދު ހިއްދަވާނެ ކަމަށް ސިފައިންގެ ވެރިޔާ ވިދާޅުވޭ. އަދި ކިޔަވާ ކުދިންނާއި އާންމުންގެ ގަޔަށ ްބަޑި ޖެހި މީހުންގެ ތަހުޤީޤެއް ހިންގައި ޝަރީއަތަށް ގެންނާނެ ކަމުގެ ޔަޤީންކަންވެސް އާމީޗީފް ވަނީ ދެއްވާފަ.


18:16

ޑާކާ އެއާޕޯޓް 6 ގަޑި އިރަށް ބަންދުކޮށްފި


ކުރީގެ ރައީސް ޙުސައިން މުހައްމަދު އިރުޝާދު ގެ ޖަޓިޔަ ޕާޓީގެ އޮފީސް އަންދާލައިފި


18:14

ބަނގްލަދޭޝް ސިފައިންގެ ވެރިޔާ ވަޤާރުއްޒަމާން ކިޔަވާ ކުދިންނާއި ޓީޗަރުންނާ ބައްދަލު ކުރައްވާނެ ކަމަށް ސިފައިން ނެރުނު ބަޔާނެއްގައި ބުނެފި.


17:11

އިރުކޮޅެއްގެ ތެރޭގައި ހަސީނާ ދިއްލީއަށް ފައިބައި ވަޑައިގަންނަވާނެ. އެއަށް ފަހު ލަންޑަނަށް ފުރާ ވަޑައިގަންނަވާނެ.

17:00

އިންޑިއާއިން ބަންގްލަދޭޝް އަށް ދާ ހުރިހައި ރޭލެއްގެ ދަތުރު އިންޑިއާއިން ހުއްޓާލައިފި


16.57

ނިއުދިއްލީގައި ހުންނަ ބަނގްލަދޭޝް ހައި ކޮމިޝަންގެ ސަލާމަތީކަންކަން ވަރުގަދަ ކޮށްފި.


16:23

ހީވަނީ ޑާކާއަށް އީދެއްއައިސްގެން އުޅޭހެން. މީހުން ދަނީ އުފާފާޅު ކުރަމުން.

ސިފައިންވެސް މިހާރު ރައްޔިތުންގެ ފަޅީގައި

ޙަސީނާގެ ޕޯޓަރަކަށް ހަދާލި ގޮތް


16:18

ހޯމް މިނިސްޓަރ އަސަދުއްޒަމާން ޚާންގެ ގެއަށް ވަދެގަނެ ގެ ލޫޓުވާލުމަށްފަހު ހުޅުޖަހައިފި


16:11

ހަސީނާގެ އަވާމީ ލީގުގެ އޮފީހާއި އޭނާގެ ބައްޕަގެ ހަނދާނުގައި ހަދާފައިވާ މިއުޒިއަމުގައި ހުޅުޖަހައިފި


16:10

ބަނގްލަދޭޝްްގައި އިންޓަރނެޓްގެ ޚިދުމަތް އަލުން ފަށައިފި


16:07

ޙަސީނާ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ސްޕީޗެއް ރެކޯޑް ކުރައްވަން ބޭނުންފުޅުވިއެވެ. ނަމަވެސް އެކަމަކަށް ވަގުތެއް ލިބިވަޑައި ނުގަތެވެ.

އޭނާ ޤައުމުން ފިއްލެވީ އޭނާގެ ކޮއްކޮ ރީހާނާއާ އެކުގައެވެ. ދެ ބޭން އިންޑިއާގެ އަގަރްތާލާގައި މަޑު ކުރެއްވުމަށްފަހު ދެން ވަޑައިގަންނަވާނީ ލަންދަނަށް.


15:59

ބަނގްލަދޭޝް މި ވަނީ ދެވަނަ ފަހަރަށް މިނިވަން ކޮށްފައި: ކުރީގެ އެމްޕީ އިދިކޮޅު ބީއެންޕީގެ ރޫމީނާ ފަރްހާނާ


15:58

އައު ބަނގްލަދޭޝަކާއި އައު ސިޔާސީ ނިޒާމެއް ބަނގްލަދޭޝްގައި ބިނާ ކުރެވޭނެ: ސްޓުޑެންޓް އެގެއިންސްޓް ޑިސްކްރިމިނޭޝަންގެ މެމްބަރުން


ހަސީނާގެ ވެރިކަން ވެއްޓެން މެދުވެރިވީ ވަކި ބަޔަކަށް އިމްތިޔާޒުތަކެއް ދޭން މަސައްކަތް ކުރުމުން އެކަމާ ދެކޮޅަށް އާންމުންނާއި ކިޔަވާ ކުދިން ނުކުތުމުންނެވެ. ކިޔަވާ ކުދިންގެ ގަޔަށް ބަޑި ޖެހި މައްސަލައިގެ ޝަރީއަތަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ބައިނަލްއަގްވާމީ ވަކީލުންގެ ޓީމަކުން ވަނީ މައްސަލަ ވައްދަން މަސައްކަތް ފަށާފައެވެ.

16 އަހަރުގެ ވެރިކަމުގައި ހުންނެވުމަށްފަހު ޙަސީނާ ބަދަލު ވެގެން ދިޔައީ ޑިމޮކްރެސީއަށް ލޯބިކުރައްވާ ލީޑަރަކުން ކޮރަޕްޓް ޚުދު މުޚުތާރު ލީދަރަކަށެވެ. ރައްޔިތުންގެ އަޑެއް ހަސީނާއަކަށް ނީވުނެވެ. ނަތީޖާ އަކަށްވީ ސަރުކާރު ވެއްޓުމެވެ.


ބަނގްލަދޭޝްގައި ސިފައިންގެ ވެރިކަމަކީ ހައްލެއް ނޫން: ކިޔަވާ ކުދިންގެ ފަރާތުން


15:42

ހަސީނާ އިންޑިއާގެ އަގަރްތާލާއަށް ފައިބައިވަޑައިގެންފިއެވެ. ނިއުިދއްލީން ހަސީނާއަށް ހިމާޔަތް ދޭނެކަމަށް ބެކެވެއެވެ.


ވަޤާރުއްޒަމާނު މަޤާމާ ހަވާލުވިތާ އަދި މިވީ މަދު ދުވަސްކޮޅެކެވެެ. މިހާރު އޭނާ ވަނީ މަޝްހޫރުވެފައެވެ. 58 އަހަރުގެ ޒަމާން މަޤާމާ ހަވާލުވީ ޖޫން 23 ގައެވެ. ތަޢުލީމު ހާސިލު ކުރފެއްވީ ބަނގްލަދޭޝްއާއި ޔޫކޭގެ ކިންގްސް ކޮލެޖުންނެވެ. ކައިވެނި ބައްލަވައިގެން އުޅުއްވަނީ ކުރީގެ އާމީ ޗީފެއްގެ ދަރިކަނބަލަކާއެވެ.


15:28

މިދިޔަ ހަފްތާތަކުގައު ހަސީނާގެ ސަރުކާރުން ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 300 އަށް އަރާ.

ވަގުތީ ސަރުކާރާ ހަވާލުވާނީ ބުރަ މަސައްކަތެއް: އައިރީން ޚާން އދގެ ޚާއްސަ ރެޕަޓުއާ

ޑާކާގައި މީހުން އުފާ ފާޅުކުރަނީ


ހަސީނާ އަކީ ކާކު؟

އުމުރުން 76 އަހަރުގެ ހަސީނާ އަށް 4 ވަނަ ފަހަރަށް ވެރިކަން ލިބިވަޑަިގަތީ ޝައްކުލުރެވޭފަދަ އިންތިޚާބެއްގައި ޖަނަވަރީ މަހުއެވެ. ފިއްތުމާއެކު އިދިކޮޅު ބީއެންޕީން އިންތިޚާބުގައި ބައިވެރިއެއް ނުވެއެވެ.

ހަސީނާއަކީ ބަންގާޅުގެ މިނިވަންކަމުގެ ލީޑަރު އިލްމާނީ ޚިޔާލުގެ މުޖީބުއްރަޙުމާނުގެ ދަރިފުޅެވެ.


މުޒާހަރާ ކުރާ މީހުން ވަދެގަތީ ހަސީނާގެ ގެއަށް


ހަސީނާ ވަނީ ޖަމާޢަތގޭ އިސްލާމީ ހަރުކަށި ޓެރަރިސްޓް ޕާޓީއެއްކަމުގައި ކަނޑައަޅައި އެ ޖަމާއަތް މަނާ ކޮށްފައެވެ.

ހަސީނާ ވަނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ ސިޔާސަތުން އެކަހެރިކޮށް، އެ ޕާޓީގެ ލީޑަރު ގޭގައި ބަންދުކޮށްފައެވެ.


15:18

ހަސީނާގެ 15 އަހަރުގެ ވެރިކަން ނިންމާލަދިނީ މަގުމަތިން ކިޔަވާކުދިން ނިކުމެ.


ސިޔާސީ މުޙައްލިލުން ވިދާޅުވަނީ ދެވަނަ މިނިވަންކަމެއް ލިބުން ފަދަ ކަމެއް ކަމަށެވެ.

ހަސީނާގެ ސަރުކާރާ ދެކޮޅަށް ކިޔަވާ ކުދިން ވަނީ މުޒާހަރާ ކޮށްފައެވެ. އަދި އެކުދިންނާ ކުރިމަތި ލުމަށް ސަލާމަތީ ބާރުތަކުން ވަނީ ދިރޭ ވަޒަން  ބޭނުންކޮށްފައެވެ


15:15

އިންޑިއާއިން ބަންގާޅާ ވިދިމާއިން ބޯޑަރުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް ސިފައިން އެލާޓްގައި ބައިތިއްބައފިއެވެ.


ބަންގާޅު ބޮޑު ވަޒީރު ހެލިކޮޕްޓަރުގައި ޤައުމުން ފިއްލަވައިފިއެވެ. އޭނާގެ ސަރުކާރު ވައްޓާލުމާއެކު ވަގުތީ ސަރުކާރެއް ޤައުމާ ޙަވާލު ވެއްޖެއެވެ.

ސިފައިންގެ ވެރިޔާ ޖެނެރަލް ވަޤާރުއްޒަމާނު ވިދާޅުވީ ހަސީނާ އިސްތިއުފާ ދެއްވީ ކަމަށެވެ.

15:13

ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ބާއްވާނީ މިރޭ ކަމަށް ވަޤާރުއްޒަމާން ވިދާޅުވެއެވެ.

މުޒާހަރާ ކުރާ މީހުން ހިމޭނުން ތިބުމަށާއި ވަގުކޮޅެއް ދިނުމަށް އޭނާ އެދިވަޑައިގަތެވެ. އަދި ހުރިހައި ސިޔާސީ ޕާޓިއަކާ މަޝްވަރާ ކުރާ ކަމަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!