ޣައްޒާގެ އިގްތިސާދީ ވަޒީރުގެ ނައިބު ޢބްދުލް ފައްތާޙު އަލް ޒެރީއީ ޝަހީދުކޮށްލައިފި ކަމަށް ޒަޔަނިސްޓް ޓެރަރިސްޓް ސިފައިން މިއަދު ބުނެފިއެވެ. ޒަޔަނިސްޓުން ބުނެފައި އެމީހުން ދިން ހަމަލާއެއްގައި ޒެއީރީގެ މަންމަވެސް ޝަހީދުކޮށްފައިވާ ކަމަށެވެ.
ޓެރަރިސްޓް ޒަޔަނިސްޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދެމައިން ޝަހީދުކޮށްފައި ވަނީ ވައިގެ މަގުން ހަމަލާއަކުން ކަމަށެވެ.
ޓެރަރިސްޓުން ބުނެފައި ވަނީ ޒައީރީއަކީ ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ހަމާސްގެ ހަތިޔާރު އުފެއްދުމުގައި ހަރަކާތްތެރިވި މީހެއް ކަމަށެވެ.