ބަނގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވާލައި ސިޔާސީ ހައްޔަރީން ދޫކޮށްލަން ނިންމައިފި

ބަނގްލަދޭޝްގެ ރައީސްގެ ރިއާސަތުގައި ބޭއްވި ބައްދަލުވުމުގައި ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ހުއްދަ ދެއްވައިފިއެވެ. ރައީސް މުޙައްމަދު ޝިހާބުއްދީން ބޭއްވެވި ބައްދަލުވުމުގައި ސިފައިންގެ އިސްވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުންގެ ފަރާތުން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެބައްދަލުމުގައި ނިންމެވި ކަންތައްތަކުގެ ތެރޭގައި، ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ރައީސް ޚާލިދާ ޒިޔާ ގޭ ބަންދުން މިނިވަން ކުރުމާއި، ޖަލަށް ލާފައިވާ ހުރިހައި ކިޔަވާ ކުދިން މިނިވަން ކުރުމާއި، ބައި މަދު މީހުންނާއި ފައްޅިތަކާއި މިސްކިތްތައް ޙިމާޔަތް ކުރުމާއި ސިފައިން  އަމާންކަން ބަލަހައްޓައި ދިނުން ހިމެނެއެވެ.

ޙަސީނާގެ ސަރުކާރުން، ވަކި ބަޔަކަށް މަންފާވާގޮތަށް، ސަރުކާރު ވަޒީފާތައް ބަހާލުމަށް ނިންމުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި މިހާތަނަށް 400 އެއްހައި މީހުން ވަނީ މަރުވެފައެވެ.

ހިއްސާ ކުރައްވާ!