ވަޓްސްއެޕް ހިންގާ ކުންފުންޏަކީ މުސްލިމުންނާ މެދު ތަފާތު ކުރާ ކުންފުންޏެއް

ވަޓްސްއެޕް ހިންގާ ކުންފުންޏަކީ މުސްލިމުންނާ މެދު ތަފާތު ކުރާ ޢުދުވާނީ ކުންފުންޏެކެވެ. ވަޓްސްއެޕްއާއި އިންސްޓަގްރާމާއި އެފްބީ ހިންގާ މެޓާ ކުންފުނިން ވަނީ ޝަހީދު އިސްމާޢީލު ހަނިއްޔާއަށް ތަޢުޒިޔާ ކިޔާފައިވާ މެސެޖުތައް ޑިލީޓްކޮށް، ބްލޮކް ކޮށްފައެވެ. މެޓާއިން ދެކެނީ ޙައްޤު ހޯދުމަށާއި މިނިވަންކަމަށް މަސައްކަތް ކުރާ މުސްލިމުންނަކީ ޓެރަރިސްޓުންގެ ގޮތުގައެވެ.

މެޓާއިން ވަނީ މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމްގެ ތަޢުޒިޔާގެ ޕޯސްޓްތަކެއް ޑިލީޓް ކޮށްފައެވެ. އެ ވީޑިއޯގައި ޙަމާސްގެ މަސްއޫލުވެރިއަކާ އަންވަރު ވާހަކަ ދެއްކެވި މަންޒަރު ދައްކައެވެ. އަދި ޝަހީދުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތް ވީޑިއޯވެސް، މެޓާއިން ވަނީ ބްލޮކް ކޮށްފައެވެ.

މެޓާގެ ޢުދުވާނީ އަމަލުތައް ކުށްވެރިކޮށް އެކަން ހިނގައި ދިޔަގޮތް ކިޔައި ދިނުމަށް، މެލޭޝިއާއިން އެދުމުން މެޓާއިން ވަނީ އެ ޕޯސްޓްތައް އަންބްލޮކް ކޮށްފައެވެ.

އެމައްސަލާގައި މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރާއި އަންވަރުގެ އޮފީހުގެ މަސްއޫލުވެރިން ވަނީ މެޓާގެ މެލޭޝިއާގެ އޮފީހުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވައި މެޓާއިން އެޅި ފިޔަވަޅުތައް ކުށްވެރި ކުރައްވާފައެވެ. ފަހުން މެޓާއިން ވަނީ އެއީ އޮޅުމަކުން ކޮށްފައިވާ ކަމެއް ކަމަށް ބުނެފައެވެ.

މެލޭޝިއާ ސަރުކާރުން ވަނީ މެލޭޝިއާ މީހުންނަށް ރައްކާތެރި، މީސްމީޑިއާގެ ޕްލެޓްފޯމެއް ބިނާ ކުރުމަށް ލިބިފައިވާ ޚިޔާލެއް ދިރާސާކޮށް، އެކަމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

ޔަހޫދީއަކު އިސްވެ ހުންނަ މެޓާއިން ވަނީ، ތުރުކީން ކޮށްފައިވާ ޝަހީދު ހަނިއްޔާގެ ތަޢުޒިޔާއާ ބެހޭ ޕޯސްޓްތަކެއް ވެސް ބްލޮކް ކޮށްފައެވެ. ޒަޔަނިސްޓުންގެ ދުނިޔެ ކޮންޓްރޯލު ކުރުމުގެ ޕްލޭންގެ ދަށުން، މީޑިއާއާއި ދުނިޔޭގެ މީސްމީޑިއާގެ ވަސީލަތްތައް ކޮންޓްރޯލު ކުރަމުން ދަނީ ޒަޔަނިސްޓުންނެވެ.

ހިއްސާ ކުރައްވާ!