ބްރަޒިލްއިން އިންޑިއާގެ ދިފާޢީ ނިޒާމު ގަންނަނީ

އިންޑިއާއިން އުފައްދާފައިވާ ބްރަހަމޯސް ދިފާޢީ މިސައިލްގެ ނިޒާމު ގަތުމަށް، ބްރަޒިލްއިން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ. އިންޑިއާގެ ބްރަހަމޯސް މިސައިލަކީ، ރަޝިޔާއާ ގުޅިގެން އުފައްދާފައިވާ މިސައިލްގެ ނިޒާމެކެވެ. މިއީ ބިމުން ޖައްވަށް ފޮނުވާލާ މިސައިލްގެ ނިޒާމެކެވެ.

އެންމެ ފަހުން މި ނިޒާމު ގަނެފައިވާ ޤައުމަކީ ފިލިޕީންސް އެވެ. މިދެ އަހަރަކީ ދުނޔޭގެ ޤައުމުތަކުން ގިނައިން، ދިފާއީ ކަންކަމަށާއި ހަތިޔާރަށް ހޭދަކުރާ ދެއަހަރެވެ. 2009ގައި އުފައްދަން ފަށާފައިވާ އިންޑިއާގެ މިސައިލަކީ އަމާޒަށް ވާސިލުވާފަދަ ނިޒާމެއްކަމުން، އެ ނިޒާމަށް ޤައުމުތަކުގެ ޝައުޤުވެރިކަން އިތުރު ވެފައި ވެއެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ އާރމީނިއާއަށް އާކާސް ދިފާއީ މިސައިލްގެ ނިޒާމެއްވެސް ވިއްކާފައެވެ.

ހިއްސާ ކުރައްވާ!