ބްލޮގް: ބަނގްލަދޭޝް ބަދަލުވުމުގެ މަގުމަތީގައި

19:39

ހަސީނާގެ ސިޔާސީ ޙިމާޔަތް ހޯއްދެވުމުގެ ދަތުރުގެ ވާހަކަ މީޑިއާއަށް ތިލަވެފައިވާތީ އިނގިރޭސިވިލާތުން ސިޔާސީ ޙިމާޔަތް ހޯދުން އޮންނަ ގޮތް ސާފުކޮށްދީފިއެވެ. އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ ހުއްދަހޯދައިގެން ދަތުރުކޮށް އިނގިރޭސިވިލާތުގައި ޙިމާޔަތް ހޯދުމަކީ އޮންނަ އުސޫލެއް ނޫން ކަމަށެވެ. ނަމަވެސް ސިޔާސީ ޙިމާޔަތް ދިނުމުގައި އެޤައުމުގެ ރެކޯޑުގެ މޮޅު ވާހަކަ ދައްކަވައި އެންޑީޓީވީގައި ވާހަކަ ދައްކަވަމުން މަސްއޫލުވެރިޔާ ވިދާޅުވީ ހަސީނާގެ އެދިވަޑައިގަތުން ދިޜާސާ ކުރަމުންދާ ކަމަށެވެ. އަދި ސިޔާސީ ހިމާޔަތް ހޯދުމުގައި އޮންނަ ގޮތަކީ އެމީހަކު އެންމެ ފުރަތަމައަށް ވަންނަ ޤައުމެއްގައި ސިޔާސީ ޙިމާޔަތް ހޯދުމެވެ.


19:36

ބަނގްލަދޭޝްގެ މުޒާހަރާ އިންތިޒާމު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ތިން ބޭފުޅުން ރައީސް މުހައްމަދު ޝިހާބުއްދީނާއި ސިފައިންގެ އިސްވެރިންނާ މިއަދު ހަވީރު ބައްދަލު ކުރައްވައިފިއެވެ. އޭގެ ތެރޭން ދެބޭފުޅުންނަކީ ޑާކާ ޔުނިވާސިޓީގެ ދެ ޕްރޮފެސަރުންނެވެ.


ބަނގްލަދޭޝްގެ ބާލާފައިވާ ބޮޑު ވަޒީރު އިންޑިއާއަށް ވަޑައިގަތުމަށް ހުއްދައަށް އެދިވަޑައިގަތީ ވަޤުތު ކައިރިވެފައި ވަނިކޮށް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖަޔަޝަންކަރު ވިދާޅުވެއްޖެ. ރާޖިޔަ ސަބާގައި، ބަނގްލަދޭޝްގެ ޙާލަތާ މެދު ވާހަކަ ދައްކަވަމުން ވިދާޅުވީ ޖަނަވަރީގެ އިންތިޚާބަށް ފަހު އެ ޤައުމުގައި ބޮޑެތި ބައިބައިވުން އުފެދިފައިވާ ކަމަށް.


17:57

“ހަސީނާގެ ވެރިކަމުގައި ބަންގާޅު ތިޔާގިވެގެން ދިޔަ. ނަމަވެސް ޑިމޮކްރެސީގެ ތަދުމަޑުކަމެއް ކުރިމަތިވި” ޓައިމްސް އޮފް އިންޑިއާ


މުޒާހަރާގައި ބައިވެރިވި ކުދިންގެ ބަޔަށް ބަޑި ޖެހުމާއި ހަމަނުޖެހުން އުފެއްދުމުގައި އިސްކޮށް އުޅުނު ޗަތްރާ ލީގްގެ ދެމީހަކު ފިލައިގެން ޤައުމުން ބޭރުވާން ވެގެން ޑާކާ އެއާޕޯޓްގައި ތިއްބައި ހައްޔަރުކޮށްފި. ފިލައިގެން ދާން އުޅުނީ ކޮންމެ ޤައުމެއްކަމަށް ސާފެއް ނުވޭ.


17:46

މަގާމުން ބާލާފައިވާ  ބަންގާޅު ބޮޑު ވަޒީރު ޝެއިޚު ހަސީނާ، އިނގިރޭސިވިލާތުން ސިޔާސީ ޙިމާޔަތް ހޯއްދަވަން ބޭނުންފުޅުވިނަމަވެސްް އެކަން އަދި ހަމަޖެހިފައެއް ނުވޭ. އޭނާ ވަނީ އިންޑިއާގައި ރައްކާތެރި ތަނަކަށް ބަދަލުކުރެވިފައި ކަމަށް  މީޑިއާ ރިޕޯޓްތައް ބުނޭ. ހަސީނާއާއި އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ވަނީ އިއްޔެ ބައްދަލު ކުރައްވާފަ.


17:43

ބަނގްލަދޭޝްގެ ސިފައިންގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް. ބައެއް ޖެނަރަލުން މަގާމުން ވަކިކޮށް އެހެން ބައެއް ޖެނަރަލުން އެހެން ވަޒީފާތަކަށް ބަދަލުކޮށްފި.


ހަސީނާ ގެ ސަރުކާރުން ހައްޔަރު ކުރި ޖަމާއަތޭއިސްލާމީއާއި ބީއެންޕީގެ 1000 ސިޔާސީ ލީޑަރުން ކަފާލާތުގެ ދަށުން މިއަދު ދޫކޮށްލައިފި.


14:57

ބަނގްލަދޭޝްގެ ހަމަނުޖެހުމުގައި ބޭރުގެ އަތެއްވޭތޯ އިދިކޮޅު ލީޑަރު ރާހުލް ގާނދީ ސުވާލު އުފައްދަވައިފި. އަދި އިންޑިއާ ގެ ކުރު ރާސްތާއާ ދިގުރާސްތާގެ ސްޓްރެޓެޖީއާމެދުވެސް ސުވާލު އުފައްދަވައިފި.


ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގައި އިސްވެ ހުންނެވުމަށް ނަން ހުށަހެޅުމުން ޑރ. މުހައްމަދު ޔޫނުސް އެކަމަށް ރުހުން ދެއްވައިފި. އޭނާ ހުންނެވީ ޕެރިހުގައި އޮލިމްޕިކް ކޮމިޓީގެ ދައުވަތަކަށް ވަޑައިގެންނެވެ.


14:42

އަމިއްލަ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ޔަގީންކަން ބޭނުންވާ ކަމަށް ބުނެ ބަންގާޅު ފުލުހުން ހަޅުތާލު ކުރަން ފަށައިފި


ޚާލިދާ ޒިޔާ ގޭގެ ބަންދުން މިނިވަން ކޮށްފި.

14:48

ބަނގްލަދޭޝްގެ ރައީސް ޕާލަމެންޓު އުވައިލާއް ައިފި


ކިޔަވާ ކުދިންގެ ލީޑަރުން ބޭނުންވަނީ ހަސީނާ ބާކީކޮށްފައި ބެހެއްޓި، ނޯބެލްގެ އިނާމު ހޯއްދެވި ޔޫނުސް ވަގުތީ ސަރުކާރާ ޙަވާލުވެ ވަޑައިގަތުމަށެވެ. ޔޫނުސް ވިދާޅުވެފައި ވަނީ ބަނގްލަދޭޝް މިހާރު މިނިވަންވެފައިވާ ކަމަށެވެ. ހަސީނާގެ ސަރުކާރު ވެއްޓުމަކީ ދެވަނަފަހަރަށް ބަނގްލަދޭޝް މިނިވަން ވުމެއް ކަމުގައި އޭނާ ވިދާޅުވެއެވެ.


12:00

ބަނގްލަދޭޝްގައި ތަޢުލީމީ މުއައްސަސާތައް މަސައްކަތް ފައްޓައިފިއެވެ. ނަމަވެސް ޤައުމުގެ ހުރިހައި ހިސާބެއްގައިވެސް ކިޔަވާ ކުދިން ހާޒިރުވެފައި ވަނީ މަދު އަދަދަކަށެވެ.


11:30

ޑާކާގެ މަގުތަކުގައި ޓްރެފިކް ބަލަހައްޓަން ފުލުހުންނެއް ނެތެވެ. ކިޔަވާ ކުދިން ދަނީ މަގު މަތި ބަލަހައްޓަމުންނެވެ.


ހަސީނާގެ ގަނޑުވަރުން ފޭރިގަނެގެން ގެންދިޔަ ބައެއް ސާމާނުތައް ކިޔަވާ ކުދިން ވަނީ ހޯދައި އަނބުރައި ހަވާލުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!