ޙަސީނާގެ ސަރުކާރު ވައްޓާލުމުގެ ފަހަތުގައި ޤައުމެއްގެ އަތެއް ވޭބާ؟

ބަނގްލަދޭޝްގެ ވެރިކަން ފުރޮޅާލުމުގެ ފަހަތުގައި އެމެރިކާގެ އަތެއް ވޭ ބާވައެވެ؟ މިސުއާލު ދަނީ، ކުރެވެމުން ދެއެވެ. މި ވާހަކައަށް ބުރަދަނެއް ދޭ ފަރާތްތަކުން ފާހަގަ ކުރަނީ، ފާއިތުވި ދެތިން އަހަރު އެމެރިކާއާ ހަސީނާއާ ދެމެދު ގޯސްވެފައިވާ ގުޅުމުގެ ވާހަކައެވެ.

އައު ދައުރަކަށް ހޮވި ވަޑައިގަތް ފަހުން ހަސީނާ ވަނީ، “ދޮން މީހުންގެ ގައުމަކުން” އޭނާއާ ދެކޮޅަށް ރޭވުންތަކެއް ރާވަމުންދާ ކަމަށް ވިދާޅުވެފައެވެ. އެފަރާތަކުން ބަނގްލްދޭޝްގެ އިންތިޚާބުގެ ނަޒާހަތްތެރިކަމާ މެދު ސުއާލު އުފައްދައި އައު އިންތިޚާބެއް ބޭއްވުމަށްވެސް ވާހަކަ ދެއްކި ކަމަށް ވެއެވެ.

“ބަންގްލަދޭޝްގައި ވައިގެ ސިފައިންގެ މަރުކަޒެއް ހަދަން ވަކި ގައުމަކަށް ހުއްދަ ދިން ނަމަ ދެން އެއްވެސް މައްސަލައެއް ނުޖެހުނީސް،” ހަސީނާއާ ހަވާލާދީ ޑެއިލީ ސްޓާ ބަންގްލަދޭޝް އިން ބުނެފައިވެ އެވެ. އެ ޤައުމެއްގެ ނަން ޙަސީނާ ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެ ހުށަހެޅުމެއް އައިސްފައި ވަނީ “ދޮން މީހެއްގެ ފަރާތުން” ކަމަށް ފާހަގަކުރެއްވި އެވެ. ޙަސީނާ ވިދާޅުވީ އެފަދަ ރޭވުންތަކަކީ އެއް ޤައުމަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތަކެއް ނޫން ކަމަށެވެ.

ދޮން މީހާގެ ހުށަހެޅުމަށް ހަސީނާ ދެއްވި ޖަވާބަކީ ކޮބައިތޯ ޑެއިލީ ސްޓާރއިން ދެންނެވުމުން ވިދާޅުވީ ޖަވާބު ދީފައި ވާނީ އެމެރިކާއިން ބަނގްލަދޭޝްގެ ގޭސް ދަނޑުތައް އިންޑިއާ އާ ހަވާލުކުރުމަށް އެމެރިކާއިން ދެއްކި ވާހަކައަށް ދެއްވި ޖަވާބު ކަމަށެވެ.

“އަޅުގަނޑު ސާފުކޮށް ބުނިން އަޅުގަނޑަކީ ބަނގްލަދޭޝްގެ ބާނީ ޝެއިޚް މުޖީބުއްރަހުމާންގެ ދަރިކަނބަލުން ނީމޭ. ޤައުމުގެ މިނިވަންކަމަށް ހަނގުރާމަ ކުރީ އަޅުގަނޑުމެންނޭ، އެހެންވެ، ގައުމުގެ ބައެއް ކުއްޔަށް ދީގެން ނުވަތަ އެހެން ޤައުމަކާ ހަވާލުކޮށްގެން ވެރިކަމުގައި ތިބޭކަށް ބޭނުމެއް ނޫނޭ.” 2001ގެ ހާދިސާއަކަށް އަލިއަޅުވައި ލައްވަމުން ވިދާޅުވިއެވެ. އަދި އެކަމަނާ މަގާމުގައި ދެމިހުންނަ ވާނީ ރައްޔިތުން ރުހޭނަމަ ކަމަށްވެސް ވިދާޅުވިއެވެ.

“އީސްޓް ޓިމޯރ ފަދައިން…އެމީހުން ކްރިސްޓިއަން ގައުމެއް ބަންގްލަދޭޝް ގެ ޗައްޓޯގްރާމް އާއި މިޔަންމާގެ ބަޔަކުން، ބޭ އޮފް ބެންގޯލްގައި އަސްކަރީ ބޭސްއެއް އުފެއްދުމަށް ވަކިކޮށްލަން ބޭނުންވޭ” އިތުރު ތަފްޞީލެއް ދެއްވުމަކާ ނުލައި ހަސީނާ ވިދާޅުވި އެވެ. އަދި ސަރުކާރު ވައްޓާލުމަށް ރޭވުންތައް ރާވަމުންދާ ކަމަށާއި އެކަމަނާގެ ބައްޕައަށް ވެސް ކުރިމަތިލާން ޖެހުނު ހާލަތު ދިމާވެދާނެ ކަމަށްވެސް ޑެއިލީ ސްޓާގެ އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ގިނަ ބަޔަކު ލަފާ ކޮށްފައި ވަނީ އެ އިޝާރާތް ކުރެއްވީ އެމެރިކާއަށް ކަމަށެވެ. ޙަސީނާއާ އެމެރިކާގެ ގުޅުން އޮތީ ގޯސްވެފައެވެ. ބަންގްލަދޭޝްގެ އުފެއްދުންތައް އެންމެ ގިނައިން، އެކްސްޕޯޓް ކުރާ ޤައުމަކީ އެމެރިކާއެވެ.

އެމެރިކާއިން ވަނީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ގޮވާލާ ގޮވާލުމުގައި އިތުރަށް އަޑުގަދަ ކޮށްފައެވެ. ސެޕްޓެމްބަރު މަހު ހަސީނާގެ ވެރިކަންކުރާ ޕާޓީގެ މެމްބަރުންނާއި ގާނޫނު ތަންފީޒުކުރާ އޮފިޝަލުންނަށްވެސް އެމެރިކާގެ ވިސާގެ ދަތިކަން ކުރިމަތި ކުރިއެވެ.

“އެމެރިކާއިން ބަންގްލަދޭޝްއަށް އެހާ ބޮޑު ޕްރެޝަރެއް ކުރީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް، އެކަމުން އެއްވެސް ފައިދާއެއް ނުވި،” ވޮޝިންޓަންގައި ހުންނަ ވިލްސަން ސެންޓަރުގެ ސައުތު އޭޝިއާ އިންސްޓިޓިއުޓްގެ ޑިރެކްޓަރު މައިކަލް ކުގޭލްމަން ޖަނަވަރީ މަހު ބްލޫމްބާގާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން އިންތިޚާބަށް ފަހު އެމެރިކާ ސަރުކާރުން މިއަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ބަނގްލަދޭޝް ސަރުކާރަށް ރައްދު ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެއީ ދަތިކުރުމުގެ ފިޔަވަޅުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ދެ މަސް ކުރިން އެމެރިކާއިން ވަނީ ބަންގްލަދޭޝްގެ ކުރީގެ ސިފައިންގެ ވެރިޔާ ޖެނެރަލް (ރިޓަޔާޑް) ޢަޒީޒް އަޙުމަދު ކޮރަޕްޝަނުގައި ބައިވެރިވެވަޑައިގަތް ކަމަށް ތުހުމަތުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު ޑާކާގައި ޝާއިއުކޮށްފައިވާ ރިޕޯޓްތައް ބުނާ ގޮތުން ސަރުކާރު ހިންގާ ޕާޓީ އަވާމީ ލީގްގެ ސިޔާސީ ބޭފުޅުން ވަނީ އެމެރިކާގެ ސަފީރު ޕީޓާ ހާސް އާ ބައްދަލު ކުރައްވައި އިންޒާރު ދެއްވާފައެވެ. ނަމަވެސް ސްޓޭޓް މިނިސްޓަރަކު ފަހުން ވަނީ ސަފީރު ފަދަ ބޭރުގެ މެހެމާނުންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބަނގްލަދޭޝް ދެމިއޮންނާނެ ކަމުގައި ވިދާޅުވެ އެވާހަކަތައް ދޮގު ކުރައްވާފައެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ ބަންގްލަދޭޝްގައި ހުންނަވާ އެމެރިކާގެ ސަފީރާއި ބަނގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުގެ މަތީ ފަންތީގެ މަންދޫބުން ބައްދަލު ކުރައްވައި ހަސީނާގެ ސަރުކާރާ ދެކޮޅަށް ގިނަ މުޒާހަރާތައް އިންތިޒާމް ކުރުމުގެ ޕްލޭންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. ރަޝިޔާގެ ތަރުޖަމާނު ވިދާޅުވީ ބަންގްލަދޭޝްގައި ހުންނަވާ އެމެރިކާ ސަފީރުގެ މި އަމަލަކީ “ވޮޝިންޓަން އާއި އެގައުމުގެ ފަލަކުގައި އެނބުރޭ ޤައުމުތަކުން” އެހެން ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލައި، ދާޚިލީ ކަންކަމަށް ބޭނިގަތުމެއް ކަމަށެވެ.

ވޮޝިންޓަނުން ވަނީ މޮސްކޯއިން އެމެރިކާގެ ޚާރިޖީ ސިޔާސަތާ ދެކޮޅަށް ފުލޯކު ވާހަކަ ފަތުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. ރިޕޯޓް އިކޮނޮމިކް ޓައިމްސް

ހިއްސާ ކުރައްވާ!