ބަނގްލަދޭޝް: ޒުވާނުން ސާފު ކުރުމުގެ މަސައްކަތުގައި

ބަންގްލަދޭޝްގެ ދަރިވަރުން ނިކުމެ މަގުމަތީގެ ޓްރެފިކް ބަލަހައްޓައި މަގުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ. މުޒާހަރާ ކުރުމުގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ފާރުތަކުގައި ލިޔެފައި ހުރި ޝިއާރުތައްވެސް ކުދިން ވަނީ މިއަދު ދަވާދުލައި ފޮހެ ހަދާފައެވެ. އަދި މަގުތައް މުޑުދާރު ކޮށްފައި ކުނި އަޅާފައި ހުރިތަންތަންވެސް ސާފުކޮށްފައި ވެއެވެ.

މީޑިއާއިން ވަނީ އައު ޖީލުގެ ޒުވާނުން ކަންކަމާ ހަވާލުވީ ކަމަށް ބުނެ ފޮޓޯއާއި ވީޑިއޯތައް ދައްކާލާފައެވެ.

ހިއްސާ ކުރައްވާ!