ހަސީނާ ޔޫއޭއީ ނޫނީ ސަޢޫދީ ޢަރަބިއްޔާއިން ސިޔާސީ ޙިމާޔަތް ހޯއްދަވަނީ

ހަސީނާ އިންޑިއާއަށް ވަޑައިގަތްތާ 48 ގަޑި ވީއިރުވެސް އޭނާގެ ސިޔާސީ ހިމާޔަތާ ބެހޭ ގޮތުން އެއްވެސް ކަމެއް ކަށަވަރެއް ނުވިއެވެ. އިނގިރޭސިވިލާތާއި އެމެރިކާއިން އޭނާއަށް ޙިމާޔަތް ނުލިބޭނެ ކަން ވަނީ ޔަގީން ވެފައެވެ. އެހެންވެ، ހަސީނާ މިހާރު ވިސްމަނުން ގެންދަވަނީ ޔޫއޭއީ ނޫނީ ސަޢޫދީ ޢަރަބިއްޔާ ނޫނީ ފިންލެންޑްގައި ޙިމާޔަތް ލިބޭތޯއެވެ.

އޭނާގެ ފިރިހެން ދަރިފުޅު ވަނީ އޭނާގެ މަންމަ އެއްވެސް ޤައުމަކުން ޙިމާޔަތް ހޯއްދަވަން މަސައްކަތް ނުކުރައްވާ ކަމަށް އެންޑީޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފަވެ. ނަމަވެސް އާއިލާ މެމްބަރުން ދިރިއުޅޭ އިންޑިއާ ޔޫކޭ ފިންލެންޑް އަދި އެމެރިކާ ފަދަ ޤައުމުތަކަށް ދަތުރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ޗެނަލް 18ން ބުނެފައި ވަނީ އެމެރިކާއިން ހަސީނާގެ ވިސާ ކެންސަލް ކޮށްފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!