ބްލޮގް: ބަނގްލަދޭޝް ވަގުތީ ސަރުކާރު ހުވައިކޮށްފި

ޑރ. މުޙައްމަދު ޔޫނުސްގެ އޮފީހާއި ގަނޑުވަރުގެ ގޮތުގައި ސަރުކާރު ގެސްޓްހައުސް ޖަމުނާ ހަމަޖައްސައިފި

އާންމުން ވަނީ ބޮޑު ވަޒީރުގެ އޮފީހާ ގަނޑުވަރުވެސް ހަލާކުކޮށްލާފަ. އެތަންތަން ވަނީ މަރާމާތަށް ބޭނުންވެފައި


ސީނިއާ ސުޕްރީމް ކޯޓު ލޯޔަރ މުޙައްމަދު އަސަދުއްޒަމާން ބަނގްލަދޭޝްގެ އައު އެޓާނީ ޖެނަރަލްގެ މަގާމުގެ ހުވައި ކުރައްވައިފި


ވަގުތީ ސަރުކާރު ހުވައި ކޮށްފި. ހުވައި ކުރުން ފެށުނީ ބަނގްލަދޭޝް ގަޑިން 9 ޖެހި އިރު. ހުވައި ކުރުމުގެ ރަސްމިއްޔާތަށް ޖަޕާނާއި ޔޫކޭއާއި ޗައިނާއާއި ފިލިޕީންސްއާއި އީރާނާއި އާޖެންޓީނާއާއި ޤަތަރާއި ނެދަރލެންޑްސްއާއި ޔޫއޭއީގެ ސަފީރުން ވަޑައިގަތް.


19:40

ރާޖްޝާހީ ޔުނިވާސިޓީގެ އެންމެ އިސް 29 މަސްއޫލުވެރިން ވައިސް ޗާންސްލަރއާއެކު އިސްތިުއުފާ ދެއްވައިފި


19:33

ހަސީނާއާއެކު އިންޑިއާއަށް ވަޑައިގަތް ބައެއް ބޭފުޅުން މިހާރު އެހެން ޤައުމުތަކަށް ދަތުރު ފަށްޓަވައިފި: އިންޑިއާ ޓުޑޭ

އެ ނޫހުން ބުނިގޮތުގައި އިންޑިއާއަށް ސިޔާސީ ޙިމާޔަތަށް ވަޑައިގަތް ބޭފުޅުން ވަޑައިގަތީ ހުސް އަތާއެވެ. ހެދުމާއި ދުވަހަށް ބޭނުންވާ އެހެން ސާމާނުތައްވެސް އެބޭފުޅުންގެ އަތަކު ނެތެވެ. އިންޑިއ ސަރުކާރުން އެބޭފުޅުންނަށް ހަމަޖައްސަވައިދެއްވި ޕްރޮޓޮކޯލު އޮފިސަރުން ގެންދަވަަނީ އެބޭފުޅުންގެ ކަންތައްތައް ހަމަޖައްސަވަމުން ކަމަށް އެނޫހުން ބުންޏެވެ.

އިންޑިއާ ޓުޑޭއިން ބުނިގޮތުގައި ސިފައިން އެކަމަނާ ޤައުމުން ބޭރުވެވަޑައިގަތުމަށް ދިނީ އެންމެ 45 މިނެޓެވެ.


ބަނގްލަދޭޝް ހަމައަކަށް އެޅި ޑިމޮކްރެސީ އަށް އެނބުރި ރުޖޫޢަވުމުން ޙަސީނާ އެނބުރި ޤައުމަށް ވަޑައިގަންނަވާނެ” ޙަސީނާގެ ދަރިފުޅު


19:29

ބަނގްލަދޭޝްްގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުން 24 ގަޑިއިރުތެރޭ އިސްތިއުފާ ދެއްވުމަށް ކުރީގެ އިދިކޮޅު ޖަމާޢަތޭ އިސްލާމީއާއި ބީއެންޕީއަށް ނިސްބަތްވާ ޤާނޫނީ ވަކީލުންގެ ޓީމަކުން މިއަދު އިންޒާރު ދިފިއެވެ.

ބަނގްލަދޝްްގެ އެންމެ މަތީ ދެ ކޯޓުގައި ޝަރިއަތް ކުރުން ވަނީ އިއްޔެއިން ފެށިންގެން ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފައެވެ. އެގޮތަށ ހަމަޖައްސެވީ އުއްތަމަ ފަނޑިޔާރު ރައީސް ޝިހާބުއްދީނާ ބައްދަލު ކުރެއްވުމަށްފަހު އެކަމަށް އެދިވަޑައިގެން ދެންނެވުމަށްފަހު އެވެ.


19:27

ހަސީނާއާއި ދަރިފުޅު ދިއްލީގައި އުޅުއްވިއަސް ދެ މައިންނަށް އަދި ބައްދަލު ވާގޮތެއް ވެފައެއް ނުވެއެވެ.


އަބޫސަޢީދަކީ މުޒާހަރާއަށް ނިކުތް ޒުވާނެކެވެ. އޭނާގެ މެޔަށް ސިފައިން ހަތަރު ފަހަރު ބަޑި ޖެހުމުން އޭނާ މަރުވި ޙާދިސާ ޑރ. ޔޫނުސް ވަނީ އަސަރާއެކު ހަނދާނަށް ގެންނަވާފައެވެ. އަބޫ ސައީދުގެ ގަޔަށް ބަޑިޖެހިތާ 3 ދުވަސް ފަހުން ހަސީނާގެ ސަރުކާރު ވެއްޓުނެވެ.


19:23

ޝަކު އުފެދޭފަދަ ގޮތަކަށް އެތައް ކްރޯޑް ރުޕީސް ބަންގްލަދޭޝް އިސްލާމިކް ބެންކުން ނަގަން އުޅެނިކޮށް ބެންކުގެ މުވައްޒަފުން އެކން ހުއްޓުވައިފިއެވެ. އެ ފައިސާ ނަގަން އުޅުނީ ބެންކުގެ ވެރިން ނިސްބަތްވާ ދެކުންފުނިންނެވެ.


ރޭވެސް ބަނގްލަދޭޝްގެ އެކި ހިސާބުގައި ފޭރުމާއި ހުޅުޖެހުމުގެ އަމަލުތައް ހިންގާފައި ވެއެވެ. ސިފައިން ވަނީ އެފަދަ އަމަލުތައް ކުރާ  މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ.


ޑރ. ޔޫނުސް ޑާކާއަށް ވަޑައިގަތީ މިއަދު މެންދުރުފަހު


19:17

ހުވައި ކުރައްވާ 20 ބޭފުޅުންނަށް ކާރުކޮޅު ވަނީ ހަމަޖައްސާފަ. އެބޭފުޅުންގެ ތެރޭގައި ހިމެނޭ ކަމަށްވަނީ:

  • ބަންގްލަދޭޝް ބޭންކުގެ ކުރީގެ ގަވަރުނަރު ޑރ ޞާލިހުއްދީން އަޙްމަދު
  • ނޭޝަނަލް ޔުނިވަރސިޓީގެ ލޯ ޑިޕާޓްމަންޓްގެ ޕްރޮފެސަރު އާސިފް ނަޒްރުލް
  • ހިއުމަން ރައިޓްސް އެކްޓިވިސްޓް އަދީލުއްރަޙްމާން ޚާން
  • ކުރީގެ އެޓާނީ ޖެނެރަލް އަދި ކެއަރޓޭކަރ ސަރުކާރުގެ އެޑްވައިޒަރ އޭއެފް ހަސަން އަރީފް
  • ބަންގްލަދޭޝް އެންވަޔަރަންމަންޓަލް ލޯޔަރސް އެސޯސިއޭޝަން (ބެލާ)ގެ ކުރީގެ ފޮރިން ސެކްރެޓަރީ ތައުޙީދު ހުސައިން
  • ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަން ހަރަކާތުގެ ޗީފް އެގްޒެކެޓިވް ސައީދާ ރިޒްވާނާ ހަސަން
  • ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަން ހަރަކާތުގެ ނާހިދު އިސްލާމް އާއި އާސިފް މަހްމޫދު،
  • ސިފައިންގެ ކުރީގެ ޕްރިންސިޕަލް ސްޓާފް އޮފިސަރު ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) މަހްފޫޒޫއްރަހުމާން،
  • މައިނޯރިޓީ ކޮމިއުނިޓީ ލީޑަރ އަދި ރަންގަމާތީ ޑިސްޓްރިކްޓް ކައުންސިލްގެ ކުރީގެ ޗެއާމަން ގައުތަމް ދޭވާން،
  • މަޝްހޫރު ގާނޫނީ ވަކީލު އަދި އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓް ބެރިސްޓާ ސާރާ ހުސައިން
  • ކުރީގެ ބިއުރޯކްރެޓުން ދިރާޖް މަލާކަރާއި
  • ދަންނަބޭކަލެއް ކަމަށްވާ އޭއެފްއެމް ޚާލިދު ހުސައިން އެވެ.

ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުން ހުވައި ކުރިން މި ރޭ އޮންނާނެ.

  • ވަގުތީ ސަރުކާރުގައި އިސްކޮށް ހުންނަވާނީ ޑރ. މުހައްމަދު ޔޫނުސް.
  • ހުވައި ލައިދެއްވާނީ ރައީސް މުޙައްމަދު ޝިހާބުއްދީން
  • އައު ސަރުކާރާ ވިއްސަކަށް އެޑްވައިޒަރުން ގުޅިވަޑައިގަންނަވާނެ.
ހިއްސާ ކުރައްވާ!