ބަނގްލަދޭޝްގެ ހަމަނުޖެހުންތަކުގައި 560 މީހުން

ބަނގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ޙަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން މުޅި ބަންގްލަދޭޝްގައި ފެށިގެން ދިޔަ ހަމަނުޖެހުންތަކުގައި ފާއިތުވި ތިން ދުވަހު 232 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ޑާކާގެ ނޫސްތަކުން، ބުނެފައިވާ ގޮތުގައި ގިނަ މީހުން މަރުވެފައިވަނީ އަންގާރަ ދުވަހު އެވެ. ބައެއް މީހުން މަރުވެފައި ވަނީ ފަރުވާ ދެމުން ދަނިކޮށެވެ.

ޖުލައި 16 އިން އޮގަސްޓް 4 އަށް ކޯޓާ ނިޒާމާއި ތަފާތުކުރުމާ ދެކޮޅަށް ދަރިވަރުން ނިކުމެ ފެށި ހަރަކާތްތަކުގެ ތެރޭގައި ޖުމްލަ 328 މީހުން މަރުވެފައިވެ އެވެ. ވޭތުވެދިޔަ 23 ދުވަހުގެ ތެރޭގައި މަރުވި މީހުންގެ ޖުމްލަ އަދަދު 560 އަށް އަރާފައި ވެއެވެ.

 

ހިއްސާ ކުރައްވާ!