އިންޑިއާގެ ޚާރިޖީ ވަޒީރު އައްޑޫ ސިޓީއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރ މޫޒާ ޒަމީރު، އައްޑޫ ސިޓީގައި އިންޑިއާގެ ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖަޔަޝަންކަރު އައްޑޫ ސިޓީއަށް ވަޑައިގަތީ، އިންޑިއާގެ އެގްޒިމް ބެންކުގެ އެލްއޯސީއެއްގެ ދަށުން، ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫޢު ނިމުމާއި، 4 ލޭނުގެ ލިންކް ރޯޑް ޕްރޮޖެކްޓާއި ޝޯ ޕްރޮޓެކްޝަންގެ މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުމަށެވެ.

ޖަޔަޝަންކަރު ވިދާޅުވެފައި ވަނީ، އިންޑިއާއާއި ރާއްޖެ ގުޅިގެން ހިންގާ މަޝްރޫޢުތަކުން ރައްޔިތުންގެ ދިރިއުޅުމަށް ބަދަލުތައް އަންނަމުންދާ ކަމަށެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާނީ މިއަދު މެންދުރުގެ ވަޤުތެއްގައެވެ. އެމަނިކުފާނު އެނބުރި ޤައުމަށް ފުރައި ވަޑައިގަންނަވާނީ އައްޑޫ ސިޓީންނެވެ.

ހިއްސާ ކުރައްވާ!