ޔާހޫދީން ޖަސްޓިން ބީބާއަށް ފުރައްސާރަ ކޮށްފި

ޖަސްޓިން ބީބާއަށް އުނދގޫ ކުރި ޔަހޫދީ ޒުވާނުންތަކެއް ދުރަށް ޖެއްސުމުން ޔަހުދީން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ. ބެވެލީ ހިލްސް ހޮޓެލްގެ ލޮބީގައި ބީބާ އޭނާގެ މާބަނޑު އަންހެނުންނަށް މަޑުކޮށްގެން ހުއްޓައި، ފުށްކިބައިގައި ތާކިހާ ހިއްޕި ޔަހޫދީ ޒުވާނުންތަކެއް އައިސް އޭނާ ވަށާލައިގެން މައްލަވަ ކުރަން ފެށިއެވެ. ބީބާ  ވަނީ ރީތިކޮށް އެމީހުން ގާތު އުނދަގޫ ނުކުރާން އެދިފައެވެ. ނަމަވެސް އެމީހުންގެ ތުރާތައް ނުހުޓި ނުހުއްޓި އޭނާ ފަސްފަހަތުން އުޅެން ފެށުމުން ބީބާ ބުނެފައި ވަނީ “ކަލޭމެންނަށް ހަމަ މަޖަލަކަށް ވަނީތަ” …. “ވަރަށް މަޖާ ދޯ” މިފަދައިންނެވެ. އަދި ފަހުން ރުޅިވެރިކަމާއެކު އެމީހުންނާ ދިމާއަށް ފެއަށް ޖެހުމަށްވެސް އަންގާ ފައެވެ.

ބީބާ، ޔަހުދީންނާ މުއާމަލާތް ކުރާ ވީޑިއޯ މީސްމީޑިއާ ގައި ދައުރުވާ ތަން ފެނުމުން އިޒްރޭލު މީޑިއާއިން ވަނީ އެކަން ރިޕޯޓުކޮށް ބީބާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވާފައެވެ.

ހިއްސާ ކުރައްވާ!