ދެކުނު ކޮރެއާއިން ޙަލާލު ޓޫރިޒަމް ތަޢާރަފް ކުރަނީ

ކޮރެއާ އިން ޙަލާލް ފަތުރުވެރިކަމުގެ އުސޫލުތައް ހިމަނައިގެން މެދުއިރުމަތީގެ ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް މުހިންމު މަސައްކަތް ފަށައިފިއެވެ. ދެކުނު ކޮރެއާގެ ޙަލާލް ޓޫރިޒަމްގެ ޝިއާރަކީ، “ކޭ-ޙަލާލް” އެވެ.

ޙަލާލު ފަތުރުވެރިކަމުގެ ޝިއާރުގެ މަޤްޞަދަކީ، މުސްލިމް ފަތުރުވެރިންނަށް މަރުޙަބާ ކިޔާ މާޙައުލެއް ޤާއިމްކުރުމަށްޓަކައި ރެސްޓޯރެންޓްތަކާއި ހޮޓާތަކުގައި ޙަލާލް ސެޓްފިކެޓް ލިބިފައިވާ ޚިދުމަތްތައް ފުޅާކުރުމެވެ.

ދުނިޔޭގެ މުސްލިމުންގެ އާބާދީ އިތުރުވަމުންދާ ވަރަކަށް ޙަލާލު ބްރޭންޑްގެ ވިޔަފާރި ފުޅާކޮށް، އިޤްތިޞާދީ ފުރުޞަތުތައް އިތުރު ވަމުން ދެއެވެ.

މުސްލިމުންނަށް ނަމާދު ކުރެވޭ ގޮތަށް ޤިބުލަ އަންގައި ދިނުމަށް ހޮޓާތަކުގައި ނިޝާންތައް ބެހެއްޓުމާއި ޙަލާލު ކާނާ ތަޢާރަފުކޮށް، ކޮރެއާގެ އަމާޒަކީ މުސްލިމު ފަތުރުވެރިންގެ މުހިންމު މަންޒިލެއްގެ ގޮތުގައި ދެކުނު ކޮރެއާ ތަޢާރަފް ކުރުމެވެ.

މީގެ ކުރިން ޖަޕާނުން ވަނީ ޙަލާލު ޓޫރިޒަމް ތަޢާރަފް ކުރުމުގެ ގޮތުން ހޮޓާތަކާއި ރެސްޓޯރެންޓުތަކުގައި ބޭނުން ކުރާނެ ނިޝާންތައްތަޢާރަފް ކޮށް މުސްލިމުންނަށް ކާނާ ތައްޔާރު ކުރާނެ ގޮތްތަކުގެ ތަމްރީނު ސިލްސިލާތަކެއްވެސް ބާއްވާފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް