އިންޑިއާގައި އަންހެނުންގެ އާބާދީ އިތުރުވާން ފަށާނެ

‘ވިމެން އެންޑް މެން އިން އިންޑިއާ 2023’ ރިޕޯޓުގައި ބުނާ ގޮތުން، އިންޑިއާގެ 2011 ވަނަ އަހަރުގެ އާބާދީއާ އަޅާބަލާއިރު 2036 ވަނަ އަހަރު އިންޑިއާގެ އާބާދީ ގައި އަންހެނުން ކޮންމެވެސް ވަރަކަށް އިތުރު ވާނެއެވެ.

2011ގައި ކޮންމެ އެއް ހާސް ފިރިހެނަކަށް، 943 އަންހެނުން ޖެހެއެވެ. ނަމަވެސް 2036 ވަނަ އަހަރު ކޮންމެ އެއް ހާސް ފިރިހެނަކަށް، އަންހެނުންގެ ނިސްބަތް އުޅޭނީ 952 ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ސްޓެޓިސްޓިކްސް އެންޑް ޕްރޮގްރާމް އިމްޕްލިމެންޓޭޝަން އިން ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އެއާއެކު އެކީގައި އިންޑިއާގައި ދަރިމައިވާ ނިސްބަތް ދަށްވާނެ ކަމަށްވެސް އަންދާސާ ކޮށްފައި ވެއެވެ.

އިންޑިއާގެ އާބާދީ އުޅޭނެ ކަމަށް ލަފާކޮށްފައި ވަނީ 1.522 ބިލިއަންގައެވެ.

ހިއްސާ ކުރައްވާ!