ކުރީގެ މަސްއޫލުވެރިއެއްގެ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ފެނިއްޖެ

ބަނގްލަދޭޝްގެ ކުރީގެ މަސްއޫލުވެރިއެއްގެ ގެއިން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދައިގެންފިއެވެ. އެފައިސާގެ ތެރޭގައި ބަންގާޅު ޓާކާއާއި ބޭރު ފައިސާތައް ހިމެނެއެވެ. ފުލުހުން ބުނީ، އެފަރާތަށް އާންމުންގެ ފަރާތުން ލިބުނު ސިއްރު މަޢުލޫމަތާ ގުޅިގެން ރެއިޑެއް ކުރީ ކަމަށެވެ.

ފައިސާ ހޯދައިގަތީ ދެ ގެއަކުންނެވެ. ދެ ގެއަކީވެސް ކުރީ ސަރުކާރުގައި ޑިޒާސްޓަރ މެނޭޖުމަންޓް މިނިސްޓްރީގެ ސެކްރެޓަރީގެ ދެ ގެއެވެ.

ހޯދައިގަތް ފައިސާގެ ތެރޭގައި ހިމެނެނީ، 30 މިލިއަން ޓާކާއާއި، 3 ހާސް ޑޮލަރާއި، މެލޭޝިއާއާއި ސައޫދީ އަދި ސިންގަޕޫރާއި އޮސްޓްރޭލިއާއާއި ކޮރެއާއާއި ޗައިނާގެ ފައިސާ ގެ އެއް މިލިއަން ޓާކާގެ ފައިސާ އެވެ.

ހިއްސާ ކުރައްވާ!