ޔޫއޭއީއަށް އިންޑިއާ ފަތުރުވެރިން އިތުރު ކުރުމަށް މަސައްކަތް ކުރަނީ

އިންޑިއާ ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ޔޫއޭއީގެ ލޫލޫ މޯލްސްގެ ހުރިހައި ފިހާރައެއްގައި އިންޑިއާގެ ޔޫޕީއައި އާއި ރޫޕޭ ކާޑުން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސައިފިއެވެ. އިންޑިއާގެ އޮންލައިންކޮށް ޕޭމެންޓު ހަދާ ނިޒާމު، ޔޫޕީއައި، ޔޫއޭއީގައި ބޭނުން ކުރަން ފަށާފައި ވަނީ، މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.

ޔޫއޭއީއަށް އަހަރަކު 10 މިލިއަން އިންޑިއާ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. މި ފިޔަވަޅުގެ މަޤްޞަދަކީ، އިތުރަށް ފަތުރުވެރިން ޔޫއޭއީއަށް ޒިޔާރަތް ކުރުމަށް ޝައުޤުވެރި ކުރުވުން ކަމަށްވެސް އެކުންފުނިން ބުނެއވެ.

ލޫލޫ ކުންފުނިން ހުރިހައި މޯލްތަކެއްގައި ރޫޕޭ ބޭނުން ކުރަން ފެށީ، އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބާއާ ދިމާކޮށެވެ. އިޙުތިފާލު ކުރުމުގެ ތެރޭގައެވެ.

ހިއްސާ ކުރައްވާ!