ޔޫއޭއީގައި ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ދެބަސްވުން ހައްލު ކުރާނެ އައު ގޮތެއް ހަމަޖައްސައިފި

ޔޫއޭއީގައި ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ ކުދި ކުދި ދެބަސްވުންތައް ކޯޓަށް ގެންދިއުމުގެ ބަދަލުގައި އިދާރީ ގޮތުން ޙައްލު ކުރުމަށް ނިޒާމެއް ތަޢާރަފް ކޮށްފިއެވެ. މިދިޔަ ހަފްތާގާއި ފާސްކޮށްފައިވާ ޤާނޫނުގައިވާ ގޮތުން 50 ހާސް ދިރުހަމަށް ވުރެން ދަށުގެ މައްސަލަތައް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސްގައި އެކަމަށް ޚާއްސަކޮށްފައިވާ އިދާރާއިން ނިންމައި ލެވިދާނެއެވެ. އެގޮތަށް ނިންމާ ކަމެއް ނިންމޭނީ، ދެފަރާތުން އެގޮތަކަށް ރުހޭނަމަ އެވެ.

އަދި އެއްވެސް ފަރާތަކުން އެކަމަށް ނުރުހި ނުވަތަ އެފަރާތުން ބޭނުންވާ ގޮތާ ޚިލާފަށް އެކަމެއް، ނިންމައިފިނަމަ، އިބްތިދާއީ ކޯޓަށް މައްސަލ ހުށަހެޅި ދާނެއެވެ.

ގޭގައި ގެންގުޅޭ މީހުންނާއި ކުދިން ބަލަން ގެނަސްފައިވާ ފަރާތްތަކުން ވަނީ މި ނިންމުމަށް މަރުޙަބާ ކިޔާފައެވެ. އެފަރާތްތަކުން ބުނެފައި ވަނީ، ވަކީލަކު ހޯދައިގެން ފައިސާ ދޭން ޖެހޭތީ މިއީ މައްސަލަތައް އަވަހަށް ނިންމުމަށް މޮޅު އިތުރު ގޮތެއް ކަމަށެވެ.

އަދި އިދާރީގޮތުން މައްސަލަ ނިންމަން އުޅެނިކޮށް ނުވަތަ ނިންމާފައިވާ ގޮތާމެދު ދެފަރާތުން ކުރެ ފަރާތަކުން ނުރުހޭނަމަ، ކޯޓަށް ހުށަހެޅުމުގެ ކުރިން، އެކަމެއް ތަންފީޒު ކުރުން ހުއްޓުވުމަށްޓަކައި 15 ދުވަސް ތެރޭގައި މިނިސްޓްރީއަށް އެކަން އަންގަން ޖެހެއެވެ.

ހިއްސާ ކުރައްވާ!