މާރިއާ މަރުވެއްޖެ | އާއިލާއިން އެދެނީ ހެޔޮ ދުޢާއަށް

ދުނިޔޭގެ އެންމެ ދުވަސްވީ ދިރިހުރި މީހާ، ޢުމުރުން 117 އަހަރުގައި ނިޔާވެއްޖެއެވެ. އެމެރިކާއަށް އުފަން އަދި ދެ ބޮޑު ހަނގުރާމައެއް ފެނުނު، ސްޕެއިންގެ މާރިއާ ބްރަނިއާސް މޮރެރާ މަރުވީ މިއަދުއެވެ. މީސްމީޑިއާގެ އެކްސްގެ އޭނާގެ އެކައުންޓުގައި އޭނާގެ ޢާއިލާގެ ފަރާތުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއަދު ނިދީގައި މާރިއާ މަރުވެއްޖެ ކަމަށެވެ.

އޭނާގެ އުމުރުގެ އެންމެ ފަހު 20 އަހަރު ދިރިއުޅެމުން ދިޔައީ، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްފައިވާ ނާސިން ހޯމެއްގައެވެ.

މާރިއާގެ އެންމެ ހަގު ދަރިފުޅު ބުނެފައި ވަނީ އޭނާގެ މަންމަގެ ޢުމުރު އެހައި ދިގުވުމަކީ ޢާއިލީ ކަމެއް ކަމަށެވެ. އަދި އޭނާގެ މަންމައަކީ ހަސްފަތާލަށް ގެންދަން ޖެހުނު މީހެއް ނޫން ކަމަށާއި، ގައިގެ ތަނެއް ބިނދި ތަނެއްގައި ވޭން އަޅާތީވެސް އުޅުނު މީހެއް ނޫން ކަމަށެވެ.

މާރިއާ ކައިވެނިކޮށްގެން އުޅުނީ ޑޮކްޓަރަކާއެވެ. ފިރިމީހާ މަރުވީ އެމީހާގެ އުމުރުން 70 ގައެވެ.

ހިއްސާ ކުރައްވާ!