އިންޑިގޯ “ޖިހާދީ” އެއާލައިނަކަށް ބަދަލު ވެއްޖެ

އިންޑިއާގެ އެންމެ ބޮޑު އެއާލައިން އިންޑިގޯއިން ވަނީ ސީޓު ބުކް ކުރުމުގައި އަންހެނުންނަށް ފިރިހެނުންނާ ވަކިން އިށީންނަށް ސީޓް އިޚުތިޔާރު ކުރެވޭ ގޮތަށް ހަމަޖައްސައިފައެވެ.

އިންޑިގޯ އިން ސީޓެއް ބުކު ކުރާއިރު ކުރިން ބުކް ކޮށްފައިވާ ސީޓްތައް ބުކު ކޮށްފައިވަނީ އަންހެނެއް ތޯ ނޫނީ ފިރިހެނެއް ތޯ، ކުރެހުމުގެ ޒަރީއާއިން އަންގައި ދޭނޭއެވެ.

މި ގޮތަށް ހަމަޖެހިގެން ދިއުމުން އަންހެނަކަށް އަންހެނަކާ ޖެހިގެން އިށީނދެ އިނުމުގެ އިޚުތިޔާރު ލިބެއެވެ. އިންޑިގޯ އެއާލައިނުން މިކަން ހާމަކުރުމާއެކު ދުނިޔޭގެ ކަންކޮޅުތަކުގައި މިކަމަށް ތަޢުރީފުކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!