ބައްސާމް ޔޫސުފްގެ އެކްސް އެކައުންޓު ޑިލީޓްކޮށްފި

އެމެރިކާގައި ދިރިއުޅޭ މިސްރުގެ ކޮމެޑީ ތަރި އަދި ހިތުގެ ޑޮކްޓަރ ބައްސާމް ޔޫސުފް ފަލަސްޠީނު މީހުނަށް ތާއީދުކޮށް ޒަޔަނިސްޓުންނަށް ފާޑުކިޔާތީވެ އޭނާގެ އެކައުންޓު އެކްސްއިން ބަންދުކޮށްފިއެވެ. ޔަހޫދީންނަށް ތާއީދު ކުރާ އެލޮން މަސްކު ޙަވާލުވި ފަހުން ފަލަސްޠީނަށް ތާއީދު ކުރާ އެކައުންޓުތަކާ މެދު ފިޔަވަޅުތައް އެޅުން އާންމު ކަމަކަށް ވެފައި ވެއެވެ. އެއާ ޚިލާފަށް މުސްލިމުންނަށް ފުރައްސާރަކޮށް ފަލަސްޠީނު މީހުން މެރުމަށް ފާޅުގައި ގޮވާލާ ޔަހޫދީ އެކައުންޓުތައް އޭނާ ބަންދެއް ނުކުރެއެވެ.

ބައްސާމް ޔުސުފްގެ އެކައުންޓަކީ، ގާތްގަނޑަކަށް 12 މިލިއަން ފޮލޯވަރުން ތިބި އެކައުންޓެކެވެ. ބައްސާމް ޔޫސުފް ބުނެފައި ވަނީ ޒަޔަނިސްޓުންނާ ދިމާއަށް ފާޑު ކިޔާ ކޮންމެ މީހަކީ ސާމީ ދަރިކޮޅުގެ މީހުންނާ ދެކޮޅު މީހެއްކަމަށް ބުނެ ހަމަލަތައް އަމާޒު ކުރާ ކަމަށެވެ. ސާމީ ދަރިކޮޅަކީ އަރަބިންނާއި ޔަހޫދުންނެވެ. ނަމަވެސް ޔަހޫދުން އުޅެނީ ސާމީ ދަރިކޮޅުގެ މީހުންނަކީ ހަމައެކަނި، އެމީހުން ކަމަށް ބުނެ މީހުން މަގުފުރައްދާ ފައެވެ.

ބައްސާމް ޔޫސުފް ވަނީ، އިނގިރޭސި ނޫސްވެރިޔާ ޕިއާސް މޯގަންއަށް ދިން އިންޓަވިއުއެއްގައިވެސް އިޒްރޭލަށް ފާޑު ކިޔާފައެވެ. އެއަށްފަހުވެސް އޭނާގެ އެކައުންޓު ވަނީ ވައިރަލް ވެގެން ގޮސްފައެވެ.

ބައްސާމް ޔޫސުފްގެ އަނބިކަނބަލުން ހާލާ ދިޔާބަކީ ޣައްޒާއަށް ނިސްބަތްވާ މީހެކެވެ.

ކާޑިއޯތޮރެސިކް ސާޖަން ބައްސާމް ޔޫސުފް އަކީ 2015 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ދިރިއުޅޭ މީހެކެވެ. އޭނާގެ ފާޑުކިޔުންތަކާ ހެދި މިސްރު ސަރުކާރުންވެސް އޭނާއަށް ޙަމަލަތައް އަމާޒުކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!