ބަޔާޅީސް އަންހެނުން މެރި މީހަކު ބަންދުން ފިލައިފި

ކެންޔާގައި ބަޔާޅީސް އަންހެނަކު މަރައި އެމީހުންގެ ގުނަވަންތައް ބުރިކޮށް ކުދިކުދިކޮށް ހެދި މީހަކު ފުލުހުންގެ ބަންދުގައި ހުރެ، ފިލައި ފިއެވެ. އޭނާއާއެކު އިތުރު 12 މީހަކުވެސް ފުލުހުންގެ ބަންދުން ފިލިއެވެ. ފުލުހުންގެ އިސްފަރާތްތަކުން ވަނީ މިއީ އެތެރޭން ފަހިކޮށްދީފައިވާ ކަމެއްކަމަށް ބުނެ ފުލުހުންގެ އަށް އޮފިސަރަކު ސަސްޕެންޑް ކޮށްފައެވެ.

ނެއިރޯބީ ފުލުހުން ވަނީ މުޖުރިމުންނާ ބެހޭ މަޢުލޫމާތު ދޭފަރާތަކަށް މާލީ ޢިނާމު ހުށަހަޅާނެ ކަމަށް ބުނެފައެވެ. މުޖުރިމު ޖުމާސީ ޚާލޫސާ ވަނީ އޭނާގެ އަންހެނުންނާއެކު ބަޔާޅީސް އަންހެނަކު މަރާފައިވާ ކަމަށް އިޢުތިރާފް ވެފައެވެ. ނަމަވެސް އޭނާގެ ވަކީލު ބުނަނީ އޭނާ އެކަންކަމަށް އިޢުތިރާފްވީ ފުލުހުން އޭނާއަށް އަނިޔާ ކުރުމުން ކަމަށެވެ.

ޚާލޫޝާ ހައްޔަރުކޮށްފައި ވަނީ 8 މީހެއްގެ ގަބުރު ފެނުމާ ގުޅިގެންނެވެ. މިމީހުން ފިލާފައި ވަނީ އދގެ އޮފީސްތަކާއި އެމްބަސީތައް ހުންނަ ސަރަހައްދުގައި ހުރި ފުލުހުންގެ މަރުކަޒަކުން ފާރު މަތިން އަރައިގެންނެވެ. ކެންޔާގައި ދޭތެރެދޭތެރެން ފުލުހުންގެ މަރުކަޒުތަކުން މީހުން ފަލައި އުޅެއެވެ.

ހިއްސާ ކުރައްވާ!