ޕާކިސްތާނުން މަކުނު ވިދުރީގެ ދެވަނަ ކޭސް

ޕާކިސްތާނުން މަކުނު ވިދުރީގެ ދެވަނަ ކޭސް ފެނިއްޖެއެވެ. ދެވަނަ ކޭސް ފެނިފައި ވަނީ ޕެޝާވަރު އެއާޕޯޓުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިދިޔަ ހަފްތާގައި ވަނީ މިހާރު ފެތުރެން ފަށާފައިވާ، މަކުނު ވިދުރީގެ އާ ވައްތަރު ކަމަށްވާ ކްލޭޑް 1ބީ ދެނެގަނެ، ބައިނަލްއަގްވާމީ ކަންބޮޑުވުމެއްގެ ގޮތުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް އިޢުލާން ކޮށްފަ އެވެ. ކްލޭޑް 1ބީ ވެރިއަންޓަކީ އާދަވެގެން އުޅުނު ވައްތަރާ ޚިލާފަށް މީސްމީހުން ގައިގޯޅިވެ އުޅުމުން، ފަސޭހައިން ފެތުރޭ ވައްތަރެކެވެ.

މި ބައްޔާ ބެހޭ ގޮތުން މިހާރުވެސް ވަރަށް ގިނަ ކަންތައްތަކެއް އެނގި، އެ ވައިރަސް ކޮންޓްރޯލް ކުރުމުގެ ވަސީލަތްތައް އެނގިފައިވާ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޕާކިސްތާނުން ބުނެފައި ވަނީ މިމީހާއަކީ ގަލްފުގެ ޤައުމަކަށް ދަތުރުކޮށްފައި އައި މީހެއް ކަމަށެވެ.

ހިއްސާ ކުރައްވާ!