ޔަހޫދުން ނޫސްވެރިން މަރައި ހުސްކުރަނީ

ޔަހޫދުން ނޫސްވެރިންގެ ޤަތުލުޢާންމު ހިންގަމުން ގެންދިއުމާ ގުޅިގެން ވިލާތު އިއްތިހާދުން ޒަޔަނިސްޓުންނާ ދުރުހެލި ވުމަށް ނޫސްވެރިކަމުގެ 60 ޖަމާއަތަކުން ވިލާތު އިއްތިހާދަށް ގޮވާލައިފިއެވެ. މި ޖަމާޢަތްތަކުގެ މި ގޮވާލުން އައިސްފައި ވަނީ، މިމަހު 29ގައި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރުމަށް ނިންމުމާ ގުޅިގެންނެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ފެށި 7 އޮކްޓޫބަރުގެ ޙަމަލައަށް ފަހު ޔަހޫދު ސިފައިން 130 ނޫސްވެރިން މަރާލާފައިވާ ކަމަށް އެ ޖަމުޢިއްޔާތަކުން ވަނީ ބުނެފައެވެ. މި 60 ޖަމާޢަތުގެ ތެރޭން އެންމެ އިސްކޮށް މިކަމުގައި ޙަރަކާތްތެރި ވަނީ ރިޕޯޓާސް ވިއުއައުޓު ބޯޑާސްއިންނެވެ.

ހިއްސާ ކުރައްވާ!