97 އަހަރުގައި މަތީ ތަޢުލީމު ޙާޞިލުކޮށް ދަސްވެނިވެއްޖެ

ސްރީލަންކާގެ ދޮށީ ޢުމުރުގެ އަންހެނަކު، މަތީ ތަޢުލީމު ޙާޞިލުކޮށް ދަސްވެނިވެއްޖެއެވެ. އުމުރުން 97 އަހަރުގައި ލީލަވަތީ ދަރުމަރަތުނޭ މާސްޓާޒް ޑިގްރީ ޙާޞިލުކޮށްފައި ވަނީ ކެނާލިއާ ޔުނިވާސިޓީންނެވެ. އޭނާ ތަޢުލީމު ޙާޞިލު ކުރީ ބުޑިސްޓް ސްޓަޑީޒް އިންނެވެ. ދަރުމަރަތުނޭއަށް ސަނަދު ޙަވާލުކޮށްފައި ވަނީ އެ ޔުނިވަސޓީގައި މިމަހުގެ 21 ގައި އޮތް ދަސްވެނިވުމުގެ ޙަފްލާގައެވެ.

މީޑއާ އާ ވާހަކަދައްކަމުން އޭނާ ބުނެފައި ވަނީ އުނގެނުމަށްޓަކައި، ޢުމުރަކީ ހުރަހެއް ނޫން ކަމަށެވެ. ލީލަވަތީ ދަރުމަރަތުނޭ އަކީ ކުރިން ޓީޗަރެއްގެ މަޤާމު ފުރުމުގެ އިތުރުން، ނޯޓަރީ ޕަބްލިކްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ.

ހިއްސާ ކުރައްވާ!