ބަލޫޗިސްތާންގައި ޙަމަލަ ދެމުން ދަނީ ސަމިޓް ނާކާމިޔާބުކޮށްލުމަށް

ބަލޫޗިސްތާނުގައި ދެމުންދާ ޓެރަރިސްޓް ޙަމަލާތަކަކީ ޕާކިސްތާނުން އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައިވާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ސަމިޓުގެ މަސައްކަތް ނާކާމިޔާބު ކޮށްލުމަށް ދެމުންދާ ޙަމަލާތަކެއް ކަމަށް ޕާކިސްތާންގެ ދާޚިލީ ވަޒީރު މުހައްމަދު ނަގްވީ ވިދާޅުވެއެވެ. އެސްސީއޯގެ ވެރިންގެ ބައްދަލުވުން އިސްލާމްއާބާދުގައި އޮންނާނީ އޮކްޓޯބަރު 15-16 އަށެވެ. މި ދައުރުގައި އެސްސީއޯގެ ރިއާސަތު ބަލަހައްޓަނީ ޕާކިސްތާނުންނެވެ.

އިސްލާމްއާބާދުން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވެސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު އަރުވާފަ އެވެ.

ބަލޫޗިސްތާންގައި ދެމުންދާ ހަމަލާތަކަށް ޒިންމާ އުފުލަނީ، މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ބަލޫޗިސްތާން ލިބަރޭޝަން އާމީއިންނެވެ. ބަލޫޗް އާމީގެ 10 ވަރަކަށް ހަނގުރާމަވެރިން ވަނީ، ހުކުރު ދުވަހުގެ ރޭ ދަންވަރު ބަލޫޗިސްތާނުގެ އެކިސަރަހައްދުތަކުގައި ގިނަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލަތަކުގައި ސަލާމަތީ ފަރާތްތަކުގެ 14 މީހަކު މަރާލާފައި ވެއެވެ.

ހިއްސާ ކުރައްވާ!