ވާދެވެރި ފަރާތްތަކުން މަރުކަޒީ ބެންކު ކޮންޓްރޯލު ކުރަން އުޅުމާއި، ސަރުކާރުން ގަވަރުނަރު ބަދަލު ކުރަން ހިފާފައި ހުރުމުން ނުރައްކާ ބޮޑުވެގެން މަރުކަޒީ ބެންކުގެ ގަވަރުނަރާއި އިސް މުވައްޒަފުން ޤައުމުން ފިލައިގެން ބޭރު ވެއްޖެއެވެ. ލީބިއާގެ ވަގުތީ ބޮޑު ވަޒީރު ޢަބްދުލްޙަމީދު އައްދީބާވެސް މަސައްކަތް ކުރައްވަނީ މަރުކަޒީ ބެންކު އޭނާގެ ކޮންޓްރޯލުގެ ދަށަށް ގެންނަވާށެވެ. ލީބިޔާގެ ގަވަރުނަރު އައްޞިއްދީޤުލްކަބީރު ވިދާޅުވީ އޭނާއާއި އިސް މުވައްޒަފުންނަށް އަމިއްލަ ފުރާނަ ސަލާމަތް ކުރަން މަޖުބުރުވުމުން ޤައުމުން ފިއްލަވައިގެން ވަޑައިގެންނެވީ ކަމަށެވެ.
ލީބިޔާއަށް ޑިމޮކްރެސީ ގެނައުމަށް އެމެރިކާއާއި ނޭޓޯއިން ކުރި މަސައްކަތުގައި ޒަޢީމް ޤައްޒާފީ އަވާރަކޮށްލުމަށްފަހު ލީބިޔާގައި އަލުހީ ހަނގުރާމައަކަށް މަގުފަހިކޮށް ދިނެވެ. އެއަށްފަހު ޤައުމުގެ އުތުރާއި ދެކުނުގައި ދެ ބައި މީހުން ތަޅަމުން ތެޔޮ ވަޅުތައް ކޮންޓްރޯލު ކުރަމުން ދެއެވެ.