ސޫރިޔާ މީހުން ކައްކަނީ ސާފުތެޔޮ އަޅާ ގުންބާ ޖަހާ އުނދުނުން

ސާފު ތެޔޮ އަޅައިގެން ގުންބާއިން ވައި ޖަހައިގެން ކައްކާ އުނދުން ސޫރިޔާގެ އުތުރު ސަރަހައްދުގައި ބޭނުން ކުރަން ފަށައިފިއެވެ. ފޮޓޯއިން ފެންނަ 60 އަހަރުގެ އައިޝާ ޙުސައިން ބުނަނީ އޭނާ މި އުދުން ރައްކާކޮށްފައި ބެހެއްޓީ އާސާރީ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ގޭހުގެ އަގު ބޮޑުވެ، މުސާރައިގެ 20 ޕަސެންޓް ގޭހަށް ކަރަދު ކުރަން ޖެހުމުން އޭނާއާއި އެހެން ޢާއިލާތަކުން ވަނީ ކަރާސީނު ތެޔޮ އަޅައިގެން ގުންބާ ޖަހައިގެން ކައްކާ އުނދުން ބޭނުން ކުރަން ފަށާފައެވެ.

ސޫރިޔާގެ އުތުރު ސަރަހައްދުގައި ގުންބާޖެހި އުނދުން އުފައްދާ މީހުންގެ ވިޔަފާރިއަށްވެސް ތިޔާގި ކަމެއް އައިސްފައި ވެއެވެ.

 

ހިއްސާ ކުރައްވާ!