އަފްޣާން ރެފިއުޖީން ކާބުލްއަށް ބޭރުކުރަން ފަށައިފި

ޖަރުމަންވިލާތުން އަފްޣާން ރެފިއުޖީން ކާބުލްއަށް ބޭރުކުރަން ފަށައިފިއެވެ. ޖަރުމަންވިލާތާއި ތާލިބާން ސަރުކާރާއެކު ސިޔާސީ ގުޅުމެއް ޤާއިމްކޮށްފައި ނެތުމުގެ ސަބަބުން، ޖަރުމަނުން މަސައްކަތް ކުރަނީ ޤަތަރު މެދުވެރިކޮށެވެ.

ޖަރުމަނުން ބޭރުކޮށްލި އަފްޣާން މީހުން އުފުލާފައި ވަނީ ޤަތަރު އެއާވޭސް އިންނެވެ. އަދި އާދައިގެ މަތިން ކުށްވެރިން އުފުލާއިރު ފުލުހުން ދަތުރުކުރިއަސް މިމީހުންނާއެކު ފުލުހުން ދަތުރެއް ނުކުރެއެވެ.

މިއިން ކޮންމެ މީހަކަށް އެއްހާސް ޔޫރޯ ޖީބުފައިސާގެ ގޮތުގައި ދީފައި ބޭރުކޮށްފައި ވެއެވެ.

ފުރަތަމަ ބުރުގައި ބޭރުކޮށްފައި ވަނީ ޖަރުމަނުގެ އެކި ސްޓޭޓްތަކުން އަފްޣާން 28 ކުށްވެރި އެކެވެ. ބައެއް މީހުން ބޯޓަށް ގެންގޮސްފައި ވަނީ ސީދާ ޖަލުންނެވެ. މި މީހުންގެ ތެރޭން އެންމެންނަކީ އަންހެނުން ރޭޕް ކުރުމުގެ ކުށުގައި ޖަލަށް ލާފައި ތިބި މީހުންނެވެ.

ޑީޕޯޓް ކުރި މީހުންގެ ތެރޭގައި މީގެ ދެ އަހަރު ކުރިން 11 އަހަރުގެ ޖަރުމަނު އަންހެން ކުއްޖަކު ރޭޕްކޮށްގެން ޖަލަށް ލާފައިވާ އުމުރުން 16 އަހަރުގެ އަފްޣާނިސްތާނުގެ މީހަކުވެސް ހިމެނެއެވެ.

މި ގްރޫޕުގައި ހިމެނޭ އެހެން ދެ މީހަކީ، އަފްޣާން އަންހެނަކާއި ޖަރުމަންގެ 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މީހެކެވެ. އެއިން އެކަކު ވަނީ ގާތްގަނޑަކަށް ދެ އަހަރު ޖަލުގައި ހޭދަކޮށްފަ އެވެ.

ހިއްސާ ކުރައްވާ!