ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢަށް 6 އަހަރު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ، ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢެކެވެ. މިއަދު މިވަނީ އެ މަޝްރޫޢަށް 6 އަހަރު ފުރިފައެވެ.

“މި ބްރިޖަކީ، އަޅުގަނޑުމެންގެ ދެ ޤައުމު ހިއްސާވާ ތަރައްޤީއާއި އެއްބައިވަންތަކަމާއި، ތަނަވަސްކަން ތަޞައްވުރު ކޮށްދޭ ދެމިއޮންނަ ހެއްކެއް. ކުރި މަގުގެ ޖީލުތަކަށް މި ބްރިޖަކީ ގުޅުމުގެ ދަންމަރެއްކަމުގައި ލައްވާށި!” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުވަހުގެ މުނާސަބާގައި ކުރެއްވި ޓުއީޓުގައި ވިދާޅުވިއެވެ.

“ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް” ބްރިޖަކީ ރާއްޖެ އާއި ޗައިނާގެ ބަދަހި ގުޅުމާއި ދެޤައުމުގެ ދެމެދުގެ އިތުބާރުގެ ރަމްޒެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާން ލީޖިންވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ބުރިޖުން ދިވެހިންނަށް ފާގަތިކަން ގެނަސްދީފައިވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި މިއީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ރައްޔިތުންނަށް މަންފާތަކެއް ކޮށްދީފައިވާ މަޝްރޫޢެއްކަންވެސް ސަފީރު ފާހަގަ ކުރެއްވިއެވެ. އަދި ކުރިމަގުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!