މަސްކުގެ ކުންފުނީގެ އޮޕަރޭޝަން ބްރަޒިލްގައި ހުއްޓުވައިފި

އާބާދީ ބޮޑު ބްރަޒިލްގައި އެކްސްގެ އޮޕަރޭޝަނަށް ޒިންމާވާނެ ޤާނޫނީ ފަރާތެއް ނެތި އެކުންފުނީގެ އޮޕަރޭޝަން ހިންގަމުން ގެންދިއުމަށް ބްރަޒިލްގެ ސުޕްރީމް ކޯޓުން ނޫނެކޭ ބުނެފިއެވެ. ސުޕްރީމް ކޯޓުން ވަނީ މަސްކުގެ އެކްސްއަށް ޤާނޫނީ ގޮތުން އެކުންފުނީގެ މުޢާމަލާތްތަކަށް ޒިންމާވާނެ ފަރާތެއް އައްޔަން ކުރުމަށް މުހުލަތެއް ދީފައެވެ. ނަމަވެސް މުއްދަތު ހަމަވިއިރުވެސް އެކަން ހަމަޖައްސާފައި ނުވުުން ވގުތުން އެކްސްގެ އޮޕަރޭޝަން ހުއްޓާލުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ހަމައެއާއެކު މަސްކުގެ ސްޓާލިންކުގެ މާލީ މުއާމަލާތްތައް ހުއްޓާލުމަށާއި އެތަނާ ބެހޭ އެކައުންޓުތައް ހިފެހެއްޓުމަށްވެސް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ހިއްސާ ކުރައްވާ!