ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސާއި ޗައިނާގެ ބޯޓެއް މުޑިއަރުވައިފި

ޗައިނާ އާއި ފިލިޕީންސް އިން ވަނީ ހޮނިހިރު ދުވަހު ދެކުނު ޗައިނާ ކަނޑުގައި ދެ ގައުމުގެ ކޯސްޓްގާޑް ގެ ދެ ބޯޓެއް މުޑިއެރުވި ކަމަށް އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ބަދަލުކޮށްފަ އެވެ.

މިއީ ދެބައި މީހުން ބައިވެރިވާ ހާސިދާތަކުގެ ތެރޭން މަހެއްހާ ދުވަހުގެ ތެރޭގައި ކަނޑުމަތީގައި ހިނގާ ފަސް ވަނަ އެކްސިޑެންޓެވެ.
ސަބީނާ އައިލެންޑްސް ކައިރީގައި ހިނގި މި އެކްސިޑެންޓަކީ ދެކުނު ޗައިނާ ކަނޑުގައި ދެގައުމުގެ ދިގުދެމިގެންދާ ހޫނު މައްސަލައިގެ ތެރެއިން އެއް މަސް ދުވަހުގެ ތެރޭގައި ހިނގި ފަސް ވަނަ ކަނޑުގެ އެކްސިޑެންޓެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހާދިސާގެ ވީޑިއޯ ކްލިޕްތައް ދައްކަމުން ފިލިޕީންސްގެ ކޯސްޓްގާޑްގެ ތަރުޖަމާނު ޖޭ ޓަރެލާ ވިދާޅުވީ ޗައިނާގެ ކޯސްޓްގާޑްގެ ބޯޓެއް ވަނީ އެއްވެސް ސަބަބަކާ ނުލައި “ސީދާ އަދި ގަސްތުގައި ފިލިޕީންސްގެ ބޯތަކާ މުޑިއަރުވާފައި” ކަމަށެވެ.

ޗައިނާގެ ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދެއްގައި ފިލިޕީންސްގެ ބޯޓެއް ގަވާއިދާ ޚލާފަށް އުޅެ ޗައިނާގެ ބޯޓާ މުޑި އެރުވީ ކަމަށެވެ. ޗައިނާގެ ކޯސްޓްގާޑްގެ ތަރުޖަމާނު ލިއު ޑި ޖޫން ވަނީ ފިލިޕީންސްއަށް އެފަދަ އަމަލުތައް ނުހިންގުމަށް ގޮވާލާފަ އެވެ.

އެކްސިޑެންޓުގައި ފިލިޕީންސްގެ ކޯސްޓްގާޑްގެ އެންމެ ބޮޑު އެއް ބޯޓު ކަމަށްވާ 97 މީޓަރު ދިގު ތެރޭސާ މަގްބަނޫއާ އަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފިލިޕީންސުން ބުނެ އެވެ.

ބެއިޖިން އިން ބުނާ ގޮތުގައި ގާތްގަނޑަކަށް މުޅި ދެކުނު ޗައިނާ ކަނޑުގެ ސިޔާދަތު އޮންނާނީ ބެއިޖިންގއަށެވެ. ނަމަވެސް ފިލިޕީންސް، ބްރޫނާއީ، މެލޭޝިއާ، ޓައިވާން އަދި ވިއެޓްނާމް އިން ވެސް އެ ކަނޑުގެ ބަޔަކަށް ދަޢުވާ ކޮށް ޗައިނާގެ  ވާހަކަތަކާ ދެކޮޅު ހަދައެވެ.

ދެކުނު ޗައިނާ ކަނޑަކީ، އަހަރަކު ތިން ޓްރިލިއަން ޑޮލަރުގެ ވިޔަފާރި ހިނގާ ކަނޑުގެ ރާސްތާއެކެވެ. އަދި އެއީ ބައެއް ހިސާބުތަކުގައި ތެލާއި ގުދުރަތީ ގޭސް ސްޓޮކް ވެސް މުއްސަނދި ތަނެކެވެ.

ހިއްސާ ކުރައްވާ!