އެމެރިކާއިން މީޑިއާ ސެންސަރު ކުރާނެ ކަމުގެ އިންޒާރު ދީފި

 ރަޝިޔާގެ އާރްޓީ މީޑިއާ އާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވައިފިއެވެ. ބައިޑެން ވަނީ އެމެރިކާގެ ރިއާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އެކަން ރަޝިޔާއިން ކުރަމުން ދަނީ ކިހިނެއްކަން ބައިޑެން ސާފުކޮށެއް ނުދެއްވައެވެ.

އެމެރިކާގެ މި ދިޔަ ދެ ރިއާސީ އިންތިޚާބުގައިވެސް ރަޝިޔާ އިން ނުފޫޒު ފޯރުވިކަމަށް އެމެރިކާއިން ބުނެއެވެ. ތަހުޤީޤެއްވެސް ހިންގާފައި ވެއެވެ. ނަމަވެސް އެކަން ރަޝިޔާއާ ދެކޮޅަށް ސާބިތުކޮށް ދެވިފައެއް ނުވެއެވެ.

ރަޝިޔާގެ އެންމެ މަޤބޫލު މީޑިއާ ހައުސް އާރްޓީއައި އަކީ އެމެރިކާއިން ލޭބަލް ކޮށްފައިވާ ގޮތުގައި ކްރެމްލިން އިން ޕްރޮޕެގެންޑާ ކުރުމަށް ހިންގާ އިދާރާއެކެވެ. އަދި އާރްޓީއައިއަށް އިންޓަރވިއުދީ ހަދާ ފަރާތްތަކުގެ ގެއަށް ރެއިޑްކޮށް އެމީހުންނަށް އެމެރިކާގެ ޖާސޫސީ އަދި ތަހުޤީޤީ އިދާރާތަކުން އުނދަގޫކޮށް ހަދައެވެ. އެކަމާ ގުޅިގެން 2022 ގައި އާރްޓީއައި ވަނީ އެމެރިކާގައި ބްރޯޑްކާސްޓް ކުރުން ހުއްޓާލާފައެވެ.

އާރްޓީއައިއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސީއެންއެންއިން ގެނަސްދިން ޚަބަރަށް އާރްޓީ އިން ވަނީ މަލާމާތް ކޮށްފައެވެ. ދުނިޔޭގެ ހުރިހައި ބިތެއްގައި ހަމަނުޖެހުން ހިންގާ ކަމަށް ދުނިޔެއިން ދެކޭ، އެމެރިކާއަކީ މީޑިއާގެ މިނިވަންކަމާއި ޚިޔާލު ފާޅު ކުރުމަށް އެހެން މީހުންނަށް ލެކްޗަރުދީ ހަދާ ޤައުމެކެވެ. ނަމަވެސް އެހެން މީހުންނަށް އެމެރިކާއިން މަޖުބުރު ކުރާ އުސޫލުތަކަކީ އެޤައުން އަމިއްލައަށް ތަބާވާ އުސޫލުތަކެއް ނޫނެވެ.

ހިއްސާ ކުރައްވާ!