އިންޑިއާގެ ބޭރު ފައިސާގެ ރިޒާވް 700 ބިލިއަން ޑޮލަރާ ގާތަށް

އިންޑިއާގެ ބޭރު ފައިސާގެ ރިޒާވް ވަނީ، އޮގަސްޓް 30 ގައި ނިމުނު ހަފްތާއަށް، 2.299 ބިލިއަން ޑޮލަރު އިތުރުވެފައި ކަމަށް އިންޑިއާގެ ރިޒާވް ބޭންކުން ހުކުރު ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ. މިހާރު އިންޑިއާގެ ބޭރު ފައިސާގެ ރިޒާވް ހުރީ 683.987 ބިލިއަން ޑޮލަރުގައެވެ. މިއީ މިހާތަނަށް މުޅިން އައު ރެކޯޑެކެވެ.

މީގެ ކުރިން ރެކޯޑް އަދަދަކަށް ރިޒާވް އެންމެ ބޮޑަށް އިތުރުވި ޢަދަދަކީ 681.688 ބިލިއަން ޑޮލަރެވެ. އިންޑިއާގެ ރިޒާވް މައްޗަށް ދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މިހިނގާ 2024 ވަނަ އަހަރު ޖުމްލަކޮށް 60 ބިލިއަން ޑޮލަރަށް ވުރެން އިތުރު ވުމެއް އައިސްފައި ވެއެވެ. ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުން އިންޑިއާގެ އިޤްތިޞާދު ޙިމާޔަތް ކޮށްދިނުމަށް މި ބަފަރު ފުދޭނެއެވެ.

އިންޑިއާގެ ރަނުގެ ރިޒާވްވެސް މިހާރު، 61.8 ބިލިއަން ޑޮލަރަށް އައެވެ. އަދި މިހާރު ބޭރު ފައިސާގެ ރިޒާވް ހުރި މިންވަރުން އިންޑިއާއަށް އުދަނގުލަކާ ނުލައި އެއް އަހަރު ދުވަހުގެ އިމްޕޯޓު މެނޭޖު ކުރެވޭނެއެވެ.

 

ހިއްސާ ކުރައްވާ!