ޖަޕާންގެ ސްކޫލުތަކުގައި ކުދިން ބަރަހަނާކޮށް ގެން ޓެސްޓްތައް ހަދާ

ޖަޕާނުގެ ސްކޫލުތަކުގައި ކުދިންގެ ހެދުން ބާލައިގެން މެޑިކަލް ޓެސްޓްތައް ހަދާ މައްސަލާގައި މައިންބަފައިން ދެކޮޅު ހަދަން ފަށައިފިއެވެ. ބައެއް ކުދިން ވަނީ ސްކޫލުގައި ޓެސްޓްތައް ހަދާގޮތް މީޑިއާއަށް ކިޔައި ދީފައެވެ.

އުމުރުން 13 އަހަރުގެ އަންހެން ކުދިން ކިޔައި ދިން ގޮތުގައި އެމީހުން ލަދުގަންނަވަރަށް ބަރަހަނާ ވާން ޖެހެއެވެ. އިބްތިދާއީ ސްކޫލުތަކުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ފޫޅުން މަތި އެއްކޮށް ހާމަ ކުރާ ކަމަށް ވެސް ކިޔައި ދީފައި ވެއެވެ.

މައިންބަފައިން ބުނަނީ، އެމީހުންގެ ދެކޮޅު ހެދުމާއެކު ވެސް މެޑިކަލް އެސޯސިއޭޝަންތަކުން ދަނީ އެކަމަށް ހިތްވަރު ދެމުންނެވެ. އެއީ ކުދިންގެ ދުޅަހެޔޮކަން ޔަގީން ކުރުމަށާއި ހިތުގެ ވިންދު ބަރާބަރަށް ޖަހާތޯ ޔަގީން ކުރުމަށާއި ހަމުގެ ބައްޔެއް ނެތްތޯ ޔަގީން ކުރުމަށް ކުރަން ޖެހޭ ޓެސްޓްތަކެއް ކަމަށް އެ އެސޯސިއޭޝަންތަކުން ބުނާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުދިން ބަރަހަނާ ނުކުރުމަށާއި އަދި ޓެސްޓް ހަދަން ބޭނުން ނަމަ ތުވާއްޔަކުން މޭމަތި ނިވާކުރުމަށްވެސް އިރުޝާދުދީ މިއަހަރުގެ ކުރީކޮޅު އިޢުލާނެއް ނެރެފައެވެ.

މީޑިއާއިން ޔޮކޮހާމާ ޕްރިފެކްޗާގައި ސުއާލުކުރުމުން 19 ސުކޫލަކުން ބުނެފައި ވަނީ އެޑިއުކޭޝަންގެ އިޢުލާނަށް އެ ތަންތަނުން ޢަމަލު ނުކުރާކަމަށެވެ.

ހިއްސާ ކުރައްވާ!