ލޯބިގެ ގުޅުމަކާ ހުރެ ޤައުމއިްޔަތު ވަޒީރު އިސްތިއުފާ ދެއްވައިފި

ޤައުމިއްޔަތު ވަޒީރު އޭނާގެ އެޑްވައިޒަރަކާއެކު ލޯބީގެ ގުޅުން ހިންގުމުން އިސްތިއުފާ ދޭން މަޖުބޫރުކޮށްފިއެވެ. އިޓަލީގެ ޤައުމިއްޔަތު މިނިސްޓަރު ޖެނާރޯ ސަންޖިއުލިއާނޯ މަޤާމުން އިސްތިޢުފާ ދެއްވައި ދެއްވި ފުރުޞަތަށް ބޮޑުވަޒީރު މެލޯނީއަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

އުމުރުން 62 އަހަރުގެ ސަންޖިއުލިއާނޯ ވަނީ އޭނާއަށް ވުރެ 20 އަހަރު ހަގު  މީސްމީޑިއާގެ މަޝްހޫރު އިންފްލޫއެންސަރަކާ ލޯބީގެ ގުޅުމެއް ބާއްވަވާފައެވެ. އިންފްލޫއެންސަރަކީ، ޖީ7ގެ ސަމިޓުގައިވެސް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަންހެން ބޭފުޅެކެވެ.

ސަންޖިއުލިއާނޯ އަށް ތުހުމަތު ކުރެވެނީ، ލޯބިވެރިޔާ މަޤާމުގައި ގެންގުޅުއްވައި، ދައުލަތުގެ ފައިސާއިން އޭނާއަށް މުސާރަ ދެއްވި ކަމަށެވެ. އަދި އެކަމަނާ މިނިސްޓަރާއެކު ރަސްމީ އެތައް ދަތުރުފުޅެއްގައި ވަޑައިގެންނެވި ކަމަށްވެސް މީޑިއާއިން ބުނެއެވެ.

އިޓަލީގެ ރާއި ޓީވީ ޗެނަލް މައި ނިއުސް ޕްރޮގްރާމަށް ދެއްޗވި ބަސްދީގަތުމުގައި ޤައުމިއްޔަތު ވަޒީރު ވަނީ ގުޅުން ހިންގެވިކަމަށް އެއްބަސްވެ ވަޑައިގެން އަނބިކަނބަލުންނާއި ބޮޑު ވަޒިރުގެ އަރިހުން މަޢާފަށް އެދިވަޑައިގެންފައެވެ.

ޤައުމިއްޔަތު ވަޒީރަކީ ލިޔުންތެރިކަމުގައި އުޅުއްވި ބޮޑުވަޒީރު ނިސްބަތްވާ ކަނާތުފިޔައިގެ ޕާޓީގެ މެންބަރެކެވެ.

ހިއްސާ ކުރައްވާ!