ނަތަންޔާހޫ ސަލާމަތް ކޮށްދޭން އެދި ރަޝިޔާ ގާތު އާދޭސް ކުރަން ފަށައިފި

ޣައްޒާގައި ޔަހޫދީން ހިންގަމުން ގެންދާ އުދުވާނުގައި އެމީހުންނަށް ކުރިއެރުންތަކެއް ނުލިބި، އެމެރިކާއިން ކުރާ މަސައްކަތަށް އެކި ފަރާތްތަކުން އެއްބާރުލުން ނުލިބުމުގެ ސަބަބުން އިޒްރޭލުން ރަޝިޔާގެ އެހީއަށް އެދިއްޖެއެވެ.

ޔަހޫދުންގެ ސަރުކާރުން ބޭނުން ވަނީ، ޙަމާސްގެ މެހުމާންދާރީގައި ބައިތިއްބާފައިވާ ޔަހޫދީ އަސީރުން އަނބުރައި ޔަހޫދުންގެ ވެރިކަން ކުރާ ސަރަހައްދަށް ގެންދިއުމަށް ރަޝިޔާއިން އެހީތެރިވެ ދޭށެވެ. ޔަހޫދުންގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަޝިޔާގެ ސަރުކާރުން އެކަން ކޮށްދިނުމަށް އެދި އާދޭސްކޮށްފައެވެ.

ނަތަންޔާހޫ އެކަމަށް އެދުނީ، އޭނާއާ ދެކޮޅަށް ޓެލްއަވީވްގައި މުޒާހަރާތައް ގަދަވެ އެސިޓިން އޭނާއަށް ފިލައިގެން ދާން މަޖުބޫރު ވުމުގެ ސަބަބުންނެވެ. އަދި ނަޔަތްނާހޫ ވަނީ ބައިނަލްއަޤްވާމީ ފިއްތުންތަކާއި އެތެރޭގެ ފިއްތުންތަކުން ސަލާމަތްވެ ކަންކަން ފިނި ކުރާށެވެ. ހަނގުރާމައިގެ މުޖުރިމެއްކަމަށް ކަނޑައަޅާފައިވާ ނަތަންޔާހޫއަށް ދުނިޔެއިން ދަނީ ފާޑު ކިޔަމުންނެވެ.

ނަތަންޔާހޫގެ ސަރުކާރުން، ޖުލައި 31 ވަނަ ދުވަހު އީރާނުގައި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން އެމެރިކާއިން ބަލާފައި ވަނީ ޔަހޫދުންގެ ބޮޑު މީހާއަކީ، ސުލްހައަށް ހެވެއް ނޭދޭ މަކަރުވެރި ޔަހޫދީއެއް ކަމަށެވެ. މިހާރު އޭނާގެ ސަރުކާރާއެކު ސުލްހައިގެ ވާހަކައަށް އިށީންނާކަށް އެއްވެސް ފަރާތަކުން ބޭނުމެއް ނުވެއެވެ.

ނަތަންޔާހޫއަށް ކުރިމަތިވެފައިވަނީ ސިޔާސީ ވަރުގަދަ ފިއްތުންތަކަކާއެވެ. ނަތަންޔާހޫއަކީ ހަނގުރާމައިގެ މުޖުރިމެއްކަމަށް ކަނޑައެޅުމުން، އެތެރޭގައި ސަލާމަތީ ކަންބޮޑުވުންތައް ކުރިމަތިވެ، ކަނާތުފިޔައިގެ އިދިކޮޅު ފަރާތްތަކާއި، އޭނާގެ ކޮރަޕްޝަންގެ މައްސަލަތަކާ ބެލެންސް ކުރަން ބޭނުންވާތީ ރަޝިޔާއިންވެސް އެކަމުގެ ތެރެއަށް ވައްދަން ނަތަންޔާހޫ ބޭނުންވީއެވެ.

ހަމާސް އާއި ސަރަހައްދީ އެހެން ފަރާތްތަކާ އޮންނަ ގުޅުންތަކަށް ބަލާއިރު، ރަޝިޔާއަކީ ހުރިހައި ފަރާތަކުން ދެކޭ ގޮތުގައި ސުލްޙައަށް ބާރުއަޅާ ޤައުމެކެވެ. މިވަގުތު ރަޝިޔާގެ އެހީތެރިކަން ނަތަންޔާހޫއަށް މުހިންމު ވަނީ، ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމުގައި ކާމިޔާބީއެއް ހޯދާށެވެ. އެކަމަކީ، އޭނާގެ ސިޔާސީ ދިރިހުރުމަށް ވަރަށް މުހިންމު ކަމެކެވެ.

އެމެރިކާ އޮތީ ކުރިއަށް އޮތް އިންތިޚާބުގައި އަވަދި ނެތިއެވެ. ނަމަވެސް ރަޝިޔާއިން މި ކަމުގައި ބައިވެރިވެއްޖެނަމަ، ސަރަހައްދަށްވެސް އެކަމުން ދިގު ދެމިގެންވާ އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!