އަލްބާޓޯ ފުޖީމޯރީ އަވަހާރަވެއްޖެ

ޕެރޫގެ ކުރީގެ ބާރުގަދަ ލީޑރު އަލްބާޓޯ ފުޖިމޯރީ އުމުރުން 86 އަހަރުގައި އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ، އިންސާނީ ޙައްޤުތަކާއި ކޮރަޕްޝަންގެ މައްސަލާގައި ޖަލުގައި ހުންނެވުމަށްފަހު މަޢާފު ދިންތާ 10 މަސް ފަހުންނެވެ.

ޖަޕާން ދަރިކޮޅުގެ ފުޖިމޯރީ އަވަހާރަވީ ޕެރޫގެ ވެރިރަށް ލީމާގައި ހުންނަ އޭނާގެ އަންހެން ދަރިކަނބަލުން އަދި ސިޔާސީ ވާރިސުކަމަށްވާ ކެއިކޯ ފުޖިމޯރީގެ ގެކޮޅުގަ އެވެ. އޭނާ ގެ ދަރިފުޅު އިޢުލާން ކުރެއްވި ގޮތުގައި ފުޖިމޯރީ ކެންސަރުގެ އާލާސްކަންފުޅެއްގައި ދިގު ހަނގުރާމައެއް ކުރެއްވިއެވެ. ފުޖިމޯރީގެ ތިއްބަވަނީ ތިން ބޭފުޅުންނެވެ.

ފުޖިމޯރީއަކީ ޕެރޫގެ އިޤްތިޞާދު ހަމަޔަކަށް އެޅުއްވި ލީޑަރެވެ. އޭނާއަކީ އަދިވެސް ސަޕޯޓަރުން ގިނަ ބޭފުޅެކެވެ. ޕެރޫގައި ހަމަނުޖެހުން އުފައްދަމުން ދިޔަ ޝައިނިން ޕާތު ވާތު ފިޔައިގެ ހަނގުރާމަވެރިން ބަލި ކުރެއްވި ލީޑަރަކީ ފުޖީމޯރީއެވެ.

އޭނާގެ މައްޗަށް ސާބިރުވި ކުށްތަކުގައި 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމަށްފަހު އޭނާ ޖަލުން ދޫކޮށްލީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ޔުނިވާސިޓީގެ ކުރީގެ ޕްރޮފެސަރެއް ކަމަށްވާ ފުޖިމޯރީ ރިއާސީ ރޭހަށް ނިކުންނެވީ، 1990 ވަނަ އަހަރު ސިޔާސީ މައިދާނަށް ބޭރުން ވެންނެވި ފަރާތެއްގެ ގޮތުގައެވެ.

ދެ ދައުރަށް ވެރިކަން ކުރެއްވުމަށްފަހު، ފުޖީމޯރީއާ ދެކޮޅުވެރިން އިތުރުވުމުން އޭނާ ފިއްލަވައިގެން އޭނާގެ މައިންބަފައިންގެ ޤައުމު ކަމަށްވާ ޖަޕާނަށް ވަޑައިގަތެވެ. އޭނާ ޕެރޫ ސަރުކާރާ ޝަރީޢަތް ކުރުމަށް ޙަވާލު ކުރީ ޗިލީގައި އުޅުއްވަނިކޮށް އެޤައުމުން އޭނާ ހައްޔަރުކުރުމުންނެވެ.

ހިއްސާ ކުރައްވާ!